ޕްލާސްޓިކް ކޮތަޅުން ފީ ނަގާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

ކުރިން ފިހާރަތަކުން ހިލޭ ދެމުން އައި ޕްލާސްޓިކް ކޮތަޅު ދެ ރުފިޔާއަށް ވިއްކުން ލާޒިމް ކުރާ ބިލް ރާއިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެން އޭޕްރީލް

އެފަދައިން ލާޒިމް ކުރުމަށް ހިމަނާފައި ވަނީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލްގައެވެ.

އެ ބިލު ހުށަހެޅުމުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި ބުނާގޮތުގައި ވިޔަފާރިކުރާ ހުރިހާ ތަނަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޭއިރު އެ ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ނަމަވެސް މި ގާނޫނުގެ ދަށުން ބައެއް ވައްތަރުގެ ޕްލާސްޓިކު ކޮތަޅުން ފީ ނުނަގާނެކަމަށް އެ ބިލުގައިވެއެވެ. އެގޮތުން:

ފީ ނުނަގާ ޕްލާސްޓިކް ކޮތަޅުތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނި މެނޭޖުކުރުމުގެ ކަންކަން ފޯރުކޮށްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅު

ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި އެ ކަސްޓަމަރެއްގެ އަތުން ނެގި ޕްލާސްޓިކު ކޮތަޅުގެ ފީގެ މިންވަރު އެނގޭނެހެން ހިމެނުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނަމަ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދެއްކުމަށް މި ގާނޫނުގައި ލާޒިމްކުރެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްކޮށް ގެޒެޓުކުރާ ތާރީޚުން ފެށިގެނެވެ.

ޕްްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި އެ ފަރާތްތަކުގެ މައްޗަށް މި ބާބު
ތަންފީޛުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަންވާނެއެވެ.

comment ކޮމެންޓް