ވޯލްޑް ކަޕް ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ސާލިހްގެ ދެކަނބަލުން / ފޮޓޯ: ރައީސް އޮފީސް

ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗްތައް ބަލައްވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެ ކަނބަލުން ޤަތަރަށް ވަޑައިގެންނެވީ އެގައުމުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2022ގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ޞާލިހް ވަނީ އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާއި، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި، ދިވެހިރާއްޖެ އާއި ޤަޠަރާ ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

comment ކޮމެންޓް