މޭގަން އާއި ހެރީގެ ނެޓްފްލިކްސް ޝޯ ބަލައިފިންތަ؟

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލް ދިމާވުމާއެކު ދިރިއުޅުން ބަދަލުވެގެން ދިޔަ ވާހަކަތައް ދައްކުވައިދޭ ޑޮކިއުމެންޓަރީ ޝޯ "ހެރީ އެންޑް މޭގަން"ގެ ފުރަތަމަ ތިން އެޕިސޯޑު ރިލީޒްކޮށްފިއެވެ.

ހަ އެޕިސޯޑުގެ ޑޮކިއުމެންޓްރީ ޝޯ ނެރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއާއެކު މޭގަން އާއި ހެރީގެ އެތައް އާ ވާހަކަތަކަކާއެކު ޝޯގެ ފުރަތަމަ ތިން އެޕިސޯޑު ރިލީޒްކޮށްފައިވަނީ އިއްޔެއެވެ. އަދި ބާކީ ތިން އެޕިސޯޑް ނެރޭނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ.

މި ޑޮކިއުމެންޓްރީ އަކީ ހެރީ އާއި މޭގަން ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެ، އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ނެޓްފްލިކްސްއާ އެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ޝޯއެކެވެ.

މި ޑޮކިއުމެންޓްރީގައި ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅުނު ދުވަސްވަރުގެ ކަންކަމާއި ކައިވެންޏާއި އިނގިރޭސި ވިލާތުގައި ދިރއުޅުނު ދުވަސްވަރާއި އެމެރިކާއަށް ބަދަލުވި ސަބަބުތަކާއި ޝާހީ އާއިލާއާ ބެހޭ ބައިވަރު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

އޭގެތެރޭގައި މީގެކުރިން އެއްވެސް ވަރަކަށް ހާމަކޮށްފައި ނުވާ ބައެއް ވާހަކަތައް ވެސް ހިމެނެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޝާހީ އާއިލާއާއެކު އިނގިރޭސިވިލާތުގައި މޭގަން ދިރިއުޅުނު ދުވަސްވަރު އެންމެ އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ހާމަކުރުމެވެ.

ހެރީ އާއި މޭގަން ޝާހީ އާއިލާއިން ވަކިވުމަށްފަހު އެމެރިކާގެ ނޫސްތަކަށް ދިން އިންޓަވިއުތަކުގައި، ހާއްސަކޮށް ޓޯކް ޝޯ ހޯސްޓު އޯޕްރާގައި ވަނީ ޝާހީ އާއިލާއާ ދެކޮޅަށް ތަފާތު އެކި ތުހުމަތުތައް ކޮށްފައެވެ.

comment ކޮމެންޓް