އުރީދޫއިން 28 ސިއްޚީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި

ހއ. ބާރަށު ސިއްޙީ މަރުކަޒަށް ކިޓް ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްޙީ ދައިރާ ބިނާކުރުމުގެ މަގްސަދުގެ ދަށުން އުރީދޫއިން 28 ސިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދީފިއެވެ. މި ހެލްތް ކިޓްތައް ފޯރުކޮށްދިނީ ހއ އަދި އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތަކަށާއި، ބ. ކުޑަރިކިލު ސިއްޙީ މަރުކަޒަށާއި، ކ. ތުލުސްދޫ ސިއްޙީ މަރުކަޒަށާއި އަދި އދ. މާމިގިލީ ސިއްޙީ މަރުކަޒަށެވެ.

ސިއްޙީ މަރުކަޒުތަކަށް އުރީދޫއިން ހަދިޔާކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްޙީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ.

މިކަމާ ގުޅިގެން އުރީިދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ލިބުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމަށާއި އަދި މި ކިޓްތައް އެ މަރުކަޒުތަކަށް ފޯރުކޮށްދީގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ފަހިކޮށްދިނުމަކީ އުރީދޫއިން ނުހަނު އުފާވާ ކަމެއް ކަމަށެވެ.

ކުރިއަށް އިތް ތަނުގައި ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަންނިޔާޒް

މި ކިޓް ތަކަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި "ގްލޯބަލް ގޯލްސް" ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއް ގާއިމް ކުރުމަަށް އުރީދޫއިން ހަދިޔާކުރާ ކިޓްތަކެކެވެ.

މީގެ އިތުރުންވެސް އުރީދޫއިން ދަނީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން އެކި އެކި ހަރަކާތްތައް ބާއްވައި އެހީތައް ދެމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިއްޙީ ރައްކާތެރިކަމުގެ އާލަތްތަކާއި، އޮކްސިޖަން ސިލިންޑަރުތަކާއި އަދި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަދިޔާ ކޮށްފައިވެއެވެ.

އަދި ހަމައެހެންމެ، ކޮވިޑްގެ ޢާލަމީ ވަބާއިން ސަލާމަތްވުމަށް ސަރުކާރަށް އެހީތެރިވުމުގެ ގޮތުން 2.5 މިލިއަން ރުފިޔާވެސް އެކުންފުނިން ވަނީ ސަރުކާރަށް ހަދިޔާކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއަކީ އެކި ކަންކަމުގައި ރައްޔިތުންނަށާއި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. އުރީދޫގެ އަމާޒަކީ އެކުންފުނިން ތަޢާރަފުކުރާ އެކި އެކި ޕްލެޓްފޯމްތަކާއި ވަސީލަތްތަކުގެ އެހީގައި ދިވެހި މުޖްތަމައުއަކީ މުއްސަނދި އަދި އީޖާދީ ބަޔަކަށް ހެދުން ކަމުގައި އެކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް