އިޓާ އެއާވޭޒްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

އިޓާ އެއާވޭޒްގެ ބޯޓެއް --

އިޓަލީގެ، އިޓާ އެއާވޭޒް އިން މި މަހުގެ 17ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިޓާގެ އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ-350 މަރުކާގެ ބޯޓެވެ.

ފުރަތަމަ ރާއްޖެއަށް ކުރާ ދަތުރަށްފަހު މި މަހުގެ 21އިން އަންނަ މަހުގެ 22އާ ހަމައަށް ކޮންމެ ހަފުތާއަކު އެ އެއާލައިނުން ރާއްޖެއަށް ކުރާނީ ތިން ދަތުރެވެ.

އޭގެ ފަހުން އަންނަ މަހުގެ 28އިން ފެށިގެން އެޕްރީލް 15އާ ހަމައަށް ކުރާނީ ހަފުތާއަކު ދެ ދަތުރެވެ.

އިޓާ އެއާލައިން އުފެއްދީ މީގެ ކުރިން އެ ގައުމުގެ ރަސްމީ އެއާލައިން އަލިޓާލީއާ ބަނގުރޫޓުވުމުންނެވެ.

ދުނިޔޭގެ މަޝްހޫރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނައިރު ކުރިއަށް އޮތީ ޓޫރިޒަމްގެ ސީޒަންއެވެ. ކްރިސްމަސް އާއި އާ އަހަރާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ފަހުކޮޅު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެއެވެ.

comment ކޮމެންޓް