ބަންސާލީގެ 'ގަންގޫބާއި' ވާހަކަ ބަފްތާ މާސްޓާ ކްލާހުގައި

ފިލްމް މޭކަރ ސަންޖޭ ލީލާ ބަންސާލީގެ އެންމެ ފަހުގެ ފިލްމު 'ގަންގޫބާއި ކަތިއަވާޑީ'ގެ ވާހަކަތައް ބަފްތާ މާސްޓާ ކްލާސްގައި ހިއްސާކޮށްފިއެވެ.

ބްރިޓިޝް އެކެޑެމީ ފިލްމް އެވޯޑްސް - ބަފްތާ އެވޯޑުގެ ކުރިން ފިލްމު އުފައްދާ ފަރާތްތަކުން އެމީހުންގެ ހަޔާތުގެ ތަޖުރިބާތައް ހިއްސާކުރާ 'ބަފްތާ މާސްޓާ ކްލާސް'ގައި ބަންސާލީ ވަނީ މިދިޔަ ހަފުތާގައި ބައިވެރިވެފައެވެ. ބަންސާލީގެ ފިލްމު ގަންގޫބާއީ ބަފްތާ އެވޯޑަށް ކުރިމަތިލާއިރު މި ފިލްމާ ގުޅޭގޮތުން މި ޝޯގައި އޭނާ ވަނީ ވާހަކަދައްކާފައެވެ.

ރޭޗަލް ޑްވައިއާ އާއެކު ބަފްތާގެ ޕްރިންސަސް އޭން ތިއޭޓަރގައި ވާހަކަދައްކަމުން ބަންސާލީ ބުނީ މިގޮތަށް އެކި އިވެންޓުތަކުގައި ވާހަކަދައްކަން ފުރުސަތު ލިބުމަކީ ތަޖުރިބާއެއް ކަމަށާއި ހަނދާނަށް އަންނަނީ އެންމެ ކުރިން ފިލްމު އުފައްދަން އުޅުނު ދުވަސްތައް މަތިން ކަމަށެވެ. އަދި، ގަންގޫބާއީއަށް މުޅި ދުނިޔޭން ވެސް ލިބެނީ ހީ ނުކުރާ ކަހަލަ ތަރުހީބެއް ކަމަށާއި މި ލޯބި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ސެންޓްރަލް ސެއިންޓް މާޓިންސްގެ ދަރިވަރުންނަށް ތަޖުރިބާތައް ހިއްސާކޮށްދެއްވުމަކީ ތަފާތު އިހުސާސެއް ކުރެވުނު ކަމެއް"

ބަފްތާ އެވޯޑަށް ލަންޑަނުގެ އިތުރު ތަންތަނުގައިވެސް ބަންސާލީގެ ފިލްމު ޕްރޮމޯޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރިލީޒްކުރި ގަންގޫބާއީ ފިލްމު ވަނީ ބަފްތާ އެވޯޑްސްގެ ބެސްޓް ފިލްމް ޑައިރެކްޓަރ، އެޑަޕްޓެޑް ސްކްރީން ޕްލޭ، ލީޑިންގ އެކްޓްރެސް އަދި ފިލްމް ނޮޓް އިން އިންގްލިޝް ލޭންޖްއުއޭޖް އިން ކުރިމަތިލުމަށް ނިންމާފައެވެ. އަދި މި ފިލްމު އޮސްކާސްއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީގެ ކުރިން ވާހަކަދެކެވިފައިވެއެވެ.

އާލިއާ ބަޓް ލީޑް ތަރީގެ ގޮތުގައި ފެންނަ މި ފިލްމަކީ އިންޑިއާ ސިނަމާގައި ހިޓްއެކެވެ. އަދި ގިނަ ކްރިޓިކުން މި ފިލްމަށް ފަސްތަރި ދީފައިވެއެވެ.

comment ކޮމެންޓް