ގޫގުލް މެސެޖުން އެންޑް ޓު އެންޑް އެންކްރިޕްޝަން ފީޗާ ޓެސްޓްކުރަނީ

ގޫގުލް މެސެޖުގެ ގްރޫޕު ޗެޓަކަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ފީޗާ އަރާފައި -- ފޮޓޯ/ ޓްވިޓާ

ގޫގުލް މެސެޖުގެ ގްރޫޕް ޗެޓްތަކަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ފީޗާ ޓެސްޓް ކުރަން ފަށައިފިއެވެ.

ގޫގުލްއިން އިއުލާން ކުރި ގޮތުގައި ގްރޫޕް ޗެޓްތަކަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ޓެސްޓްކުރުމުގެ ގޮތުން ބައެއް މީހުންނަށް އެ ފީޗާ ބޭނުން ކުރެވޭ ގޮތް މިހާރު ދަނީ ހަދަމުންނެވެ.

ގޫގުލްއިން މިފީޗާ ޓެސްޓު ކުރަނީ، މި ފީޗާ ތައާރަފު ކުރާނެކަން އިއުލާން ކުރިތާ ހައެއްކަ މަސް ފަހުންނެވެ.

ގޫގުލްއިން މިތައާރަފްކުރި އެންކްރިޕްޓެޑް ފީޗާގެ ދަށުން، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާއިރު އޮޓޮމެޓިކުން އެންޑް ޓު އެންޑް އެންކްރިޕްޝަން އަރާނެއެވެ. ކޮންމެ ޑިވައިސްއަކަށް ވެސް އެ ފީޗާ ލިބުމުން، ސެންޑް އައިކޮންކައިރިން ލޮކް އައިކޮންއެއް ފެންނާނެއެވެ.

މިފީޗާ ބައެއް ޔޫޒަރުންނަށް ދޫކުރަމުންދާއިރު، އެސްޕާ ކުންފުނީގެ ބްލޮގްގެ ސީނިއާ ޓެކްނިކަލް އެޑިޓަރު މިޝާލް ރަހުމާނު ވަނީ ގޫގުލް މެސެޖް ބޭނުންކުރާ މީހުންނަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ބޭނުން ކުރެވޭ މަންޒަރު ފެންނަ ސްކްރީންޝޮޓްތަކެއް ޓްވިޓާގައި ހިއްސާކޮށްފައެވެ.

އެންޑްރޮއިޑްގެ ޚަބަރުތައް ގެނެސްދިނުމަށް ޚާއްސަ ނޫސްވެރިއެއް ކަމަށްވާ މިޝާލްގެ ޓުވީޓްގައިވާ ގޮތުން ގޫގުލް މެސެޖްގެ މިފީޗާ ދޫކުރަމުން ދަނީ އެއެޕްގެ ބީޓާ ވާޝަން 20221129 އާއި ޕްލޭ ސާވިސަސްގެ އެންމެ ފަހުގެ ވާޝަންއަށެވެ.

ގޫގުލްގެ އެންޑް ޓު އެންޑް އެންކްރިޕްޝަން ފީޗާގެ އިތުރުން ގޫގުލް މެސެޖަށް އިތުރު އިމޯޖީ ރިއެކްޓްތައް އަންނަ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެއާއެކު، ގޫގުލް މެސެޖުތަކަށް ރިއެކްޝަންއެއްގެ ގޮތުގައި ކޮންމެ އިމޯޖީއެއް ވެސް ނެގޭނެ ކަމަށް، މީގެ މަހެއްހާ ދުވަސް ކުރިން ގޫގުލްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް