މިއަހަރު އެންމެ ގިނައިން އަޑުއެހީ ކޮން ލަވައެއް؟

މިދިޔަ ހަފުތާ ބަންދު ނިމުނީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކައްޗެއް ޕޯސްޓު ކުރަމުންނެވެ. އަހަރު ނިމެން ގާތްވުމާއެކު ސްޓްރީމިން ސާވިސްތަކުން ވަނީ އަހަރުގެ މިއުޒިކް ރެކޯޑުތައް އާންމުކޮށްފައެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ ސްޕޮޓިފައިގެ "ރެޕްޑް" ވަނީ އާންމުކޮށްފައެވެ. އެއާއެކު މުޅި އަހަރުގެ ތެރޭގައި އެންމެ ގިނައިން ޖެހި ލަވަތައް ވަނީ އާންމުންނަށް އެނގިފައެވެ.

މިއަހަރުގެ ތެރޭގައި ގިނަ ބަޔަކު ވަނީ ތަފާތު އެކި ކަހަލަ މިއުޒިކުތައް ސްޓްރީމްކޮށް އާ އާޓިސްޓުންތަކެއް ހޯދާފައެވެ. އޭގެތެރޭގައި ވެސް ކޮންމެ މީހަކަށް އެންމެ ކަމުދާ ލަވަތަކަކާއި އާޓިސްޓުންތަކެއް ހުންނާނެއެވެ. ސްޕޮޓިފައި ރެޕްޑް އިން އެ ހުރިހާ މައުލޫމާތެއް އެއްކޮށް ކޮންމެ ޔޫޒަރަކަށް ޚާއްސަ ރިޕޯޓެއް ހަދައިދޭނެއެވެ.

އެ ރިޕޯޓުގައި ޔޫޒަރު އެންމެ ގިނައިން ޖެހި ލަވަ އާއި އެ ލަވަ ޖަހާފައިވާ މިންވަރު އަދި މުޅި އަހަރުގެތެރޭގައި މިއުޒިކް ޖެހުމަށް ހޭދަކޮށްފައިވާ ވަގުތުތައް ހިއްސާކޮށްފައިވާނެއެވެ. އެހެންވީ އިރު ކިޔުންތެރިންގެ ތެރޭގައި ސްޕޮޓިފައި ބޭނުންކުރާ ނަމަ އެންމެ ގިނައިން މިއަހަރު ޖަހާފައިވަނީ ކޮން ލަވައެއް ހެއްޔެވެ؟

މީގެތެރެއިން ހުރިހާ ޔޫޒަރުންގެ އަޑުއެހުމުގެ އާދަތަކަށް ބަލައި ރިޕޯޓުތައް ވެސް ވަނީ ހަދާފައެވެ. އޭގެތެރޭގައި މުޅި ޕްލެޓްފޯމުގައި އެންމެ ގިނަ ބަޔަކު ޖަހާފައިވާ ލަވަތަކާއި އެންމެ ގިނަ ބަޔަކު އަޑު އަހާފައިވާ އާޓިސްޓުންގެ މައުލޫމާތުތައް ވެސް ވަނީ ހާމަކޮށްފައެވެ.

މިއަހަރު އެންމެ ގިނަ ބަޔަކު ސްޕޮޓިފައި އިން ސްޓްރީމްކޮށްފައިވާ އާޓިސްޓުގެ ރެކޯޑު ހޯދާފައިވަނީ ސްޕްނެޝް ލަވަކިޔުންތެރިޔާ ބޭޑް ބަނީއެވެ. ދެވަނައިގައި ޓޭލާ ސްވިފްޓް ހިމެނިފައިވާއިރު ތިންވަނައިގައި ހިމެނެނީ ޑްރޭކް އެވެ. އަދި ހަތަރުވަނައިގައި ދަ ވީކެންޑް ހިމެނޭއިރު ފަސްވަނައިގައި ހިމެނެނީ ބީޓީއެސްއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު