ވޯލްޑްކަޕް މެޗުތައް ކުރިއަށްދާ ވަގުތު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ކޮފީ

އުރީދޫއިން ހުޅުވި ޑިޖިޓަލް ސެންޓަރުގައި ކަސްޓަމަރަކު ޚިދުމަތް ލިބިގަންނަނީ--

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވޯލްޑްކަޕް މެޗުތައް ކުރިއަށްދާ ވަގުތު ހިލޭ ކޮފީ ބޮވޭނޭ އިންތިޒާމު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ ވޯލްޑްކަޕް މެޗުތައް ކުރިއަށްދާ ވަގުތު، ދެ ކެފޭއަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ކޮފީ ލިބޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. މި ދެ ކެފޭއަކީ ސީހައުސް ކެފޭ އާއި ހުޅުމާލޭގައި ހުންނަ ރިއޯ ބީޗް ކެފޭއެވެ.

އުރީދޫ ކްލަބް ޕްރިމިއާގައި ހިމެނެނީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނެވެ. ކްލަބް ޕްރިމިއާ ކަސްޓަމަރަކަށް ވެވެނީ އުރީދޫއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވެގެންނެވެ. މި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުރީދޫގެ ޚިދުމަތްތައް ބޭނުންކުރާ އަދަދާއި، ގަވާއިދުން ކޮންމެ މަހެއްގެ އުރީދޫ ބިލްތައް ދެއްކުމެވެ.

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް، އާދައިގެ ކަސްޓަމަރުންނާއި ޚިލާފަށް އިތުރު ޚިދުމަތްތައް ހޯދުމާއި ލިބިގަތުމުގައި ޚާއްސަ އިނާޔަތްތައް އޮވެއެވެ.

މީގެ އިތުރުން، އުރީދޫގެ ޕާޓްނަރުންގެ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓް ވެސް ލިބެއެވެ.

އުރީދޫއިން އަންނަނީ ވޯލްޑްކަޕާ ދިމާކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް ވޯލްޑް ކަޕާ ގުޅޭ ތަފާތު ކަންތައްތައް ހިންގަމުންނެވެ. މިގޮތުން އުރީދޫއިން ވަނީ މީޑިއާނެޓާ ގުޅިގެން މާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓްތަކުގައި ވޯލްޑްކަޕް ބެލޭނޭ އިންތިޒާމް ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް