ސަންއަށް ޚަބަރެއް ދެއްވުމަށް: 9992747 / 9982747 English Edition
ވިކްޓަރީގެ ޓޫކިލޯ އަތުން ބޯޅަ ހޯދަން އިމްރާން (ވ) މިދިޔަ އަހަރު މަސައްކަތްކުރަނީ: އިމްރާނަކީ މިދިޔަ އަހަރުގެ ވައިސް ކެޕްޓަން. ފައިލް ފޮޓޯ
ވިކްޓަރީގެ ޓޫކިލޯ އަތުން ބޯޅަ ހޯދަން އިމްރާން (ވ) މިދިޔަ އަހަރު މަސައްކަތްކުރަނީ: އިމްރާނަކީ މިދިޔަ އަހަރުގެ ވައިސް ކެޕްޓަން. ފައިލް ފޮޓޯ

ވެލެންސިއާގެ ކެޕްޓަންކަން ޑިފެންޑަރު އިމްރާނަށް

ވެލެންސިއާގެ ކެޕްޓަންކަން ޑިފެންޑަރު އިމްރާނަށް

ބިދޭސީ ތިން ވަނަ ކުޅުންތެރިޔާ ޓީމާ ގުޅިއްޖެ

4 އަހަރު 6 މަސް ކުރިން - 09 އޭޕްރިލް 2012
މި އަހަރު ވެލެންސިއާގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރާނީ ޑިފެންޑަރު އަލީ އިމްރާން ކަމަށް އެ ކުލަބުން ނިންމައިފި އެވެ.

ހުސްވި ތިން އަހަރު ގަދަ ހަތަރަކުން ފޭލްވި ޓީމުގެ ކެޕްޓަން އިއުލާނުކުރީ އިއްޔެ ހަވީރު އޮތް ފަރިތަކުރުންތަކަށް ފަހު ޗެއާމަން އިބްރާހީމް ރާއީ ރަޝީދެވެ. ވެލެންސިއާގެ ވައިސް ކެޕްޓަންކަން ކުރާނީ އަބުދުއްރަޝީދުމާހިރު (އަބޫ) އެވެ.

ގދ. ތިނަދުއަށް އުފަން އިމްރާނަކީ 2007 ވަނަ އަހަރުން ފެށިގެން ވެލެންސިއާ އަށް ކުޅެމުން އަންނަ ޑިފެންޑަރެކެވެ. އޭނާ ވަނީ ހުސްވި އަހަރު ފަސް މެޗެއްގައި ޓީމުގެ ކެޕްޓަންކަން ކޮށްފަ އެެވެ. އަބޫ އަކީ ފާއިތުވެދިޔަ ދެ އަހަރު ވެލެންސިއާ އަށް ކުޅުނު މިޑްފީލްޑަރެކެވެ. އޭނާ ހުސްވި އަހަރުގެ ބޮޑުބައި ހޭދަކުރީ އަނިޔާގަ އެވެ.

މަޝްހޫރު ކުޅުންތެރިންގެ ގޮތުން ނިކަމެތިވަފައިވާ ވެލެންސިއާއިން ވަނީ ބިދޭސީ ތިން ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ކެމަރޫނުގެ ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރެކެވެ. މީގެ ކުރިން ގެނެސްފައިވަނީ ބެނިން ފޯވަޑަކާއި ގާނާގެ މިޑްފީލްޑަރެކެވެ.

ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ) ވަކިވުމުން މި އަހަރު ވެލެންސިއާގެ ކޯޗަކަށް ހުންނާނީ ކުރީގެ ކީޕަރު މުހައްމަދު އިގްބާލެވެ.

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި

ލިޔުނީ
އަބްދުﷲ އަޒުމީން