ފިރިހެނުންގެ ޖިންސީ ނުކުޅެދުންތެރިކަމާ ގުޅޭ މައުލޫމާތު ދޭ ޚާއްސަ ސެޝަނެއް މިރޭ

---

ފިރިހެނުންނަށް ދިމާވާ ޖިންސީ ނުކުޅެދުންތެރިކަމާ ގުޅޭ މައުލޫމާތުދޭ ޚާއްސަ ސެޝަނެއް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރަކީ ފިރިހެނުންގެ ސިއްހަތާމެދު ހޭލުންތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާ މަހެކެވެ.

އެގޮތުން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން މިރޭ ބާއްވާ ސެޝަންގައި މައުލޫމާތު ދޭނީ އިންޑިއާގެ ބީޖީއެސް ބެންގަލޯ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި ޑޮކްޓަރު، ޑރ. ސެޝަގިރިއެވެ.

ޑރ. ސެޝަގިރިއަކީ އެ ހޮސްޕިޓަލުގައި ކިޑްނީ ޓްރާންސްޕްލާންޓް އެންޑް އެންޓްރޮލޮޖިސްޓް ޑޮކްޓަރެކެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ސެޝަންގައި މިހާރު ވެސް ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރާނީ ފިރިހެނުންގެ ޖިންސީ ނުކުޅެދުންތެރިކަމާ ގުޅޭ މައްސަލަތަކާ ގުޅޭ ގޮތުންނެވެ. އަދި އެ ކަން މެދުވެރިވާ ސަބަބުތަކާއި ލިބެން ހުރި ފަރުވާތަކާ ގުޅޭ ގޮތުންނެވެ.

ހަމައެއާއެކު ކުރެވޭ ސުވާލުތަކަށް ވެސް ޑރ. ސެޝަގިރި ޖަވާބުދެއްވާނެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގައި 309 މެމްބަރުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން 18 ޕަސެންޓަކީ މޭލް ފެކްޓާ އިންފާޓިލިޓީ ނުވަތަ ފިރިހެނުންނަށް ދިމާވާ މައްސަލަތަކުގެ ސަަބަބުން ދަރިމައިވުމުގައި ދަތިތައް ތަހައްމަލުކުރާ މީހުންނެވެ.

comment ކޮމެންޓް