އަމީނީ ބިލްޑިންގުން ކަރަންޓް ކެނޑި ހަތަރު މީހަކު ލިފްޓްތެރޭ ތާށިވެއްޖެ

އަމީނީމަގުގައި ހުންނަ އަމީނީ ބިލްގްޑިން އިން މިއަދު ކަރަންޓް ކެނޑި، އެތަނުގެ ހުންނަ ލިފްޓް ތެރޭގައި ހަތަރު މީހަކު ބައިގަޑި އިރަށްވުރެ ގިނަ އިރު ލިފްޓު ތެރޭގައި ތާށިވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިއަދު މެންދުރު ގާތްގަނޑަކަށް 13:00 ކަންހާއިރު އެ އެއިމާރާތުގެ ލިފްޓަށް ބަޔަކު އެރިވަގުތާ އެތަނުން ކަރަންޓް ކަނޑައިގެން ދިޔަ ވަގުތާ ދިމާވުމުންނެވެ.

އެމްއެމްޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ލިފްޓް ތެރޭގައި ބަޔަކު ތާށިވެގެން ލިފްޓް ނުހުޅުވިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ އެކު ސިފައިން އެސަރަހައްދަށް ދިޔައިރު އެތަނަށް ކަރަންޓް އައިސްފައިވާ ކަމަށާއި ކަރަންޓް އައުމާ އެކު ލިފްޓްތެރޭގައި ތާށިވެފައިވާ މީހުން ވެސް ސަލާމަތްވެފައިވާ ކަމަށެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމީނީ ބިލްޑިންއަކީ ގައުމީ ޔުނިވާސިޓީގެ ކެންޕަސް ހިންގަމުން އަންނަ އިމާރާތެވެ.

ސްޓެލްކޯ އިން ބުނީ މިދުވަސްވަރު މާލޭގައި ކަރަންޓް ބޭނުންކުރަމުން އަންނަ މިންވަރު އިތުރުވެފައިވާތީ ލޯޑްކުޑަކުރުމަށް ދޭތެރެ ދޭތެރެއިން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެންދާނެ ކަމަށާއި އެ މައްސަލައަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު