ޕޮލެންޑުގެ ލޮޓް އެއާ އިން ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ފަށައިފި

ލޮޓްއެއާ ގެ ދަތުރުތައް އިއްޔެ ވަނީ ފަށާފައި --- ފޮޓޯ/ އެމްއޭސީއެލް

ޕޮލެންޑުގެ ގައުމީ އެއާ ލައިން، ލޮޓް އެއާ އިން ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް އިއްޔެ ދަތުރުތައް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ޗާޓާޑް ފްލައިޓްތައް އޮޕަރޭޓް ކުރާ ލޮޓް އެއާ އިން ޑިސެމްބަރު މަހުގެ 22 އާ ހަމައަށް ހަފުތާ އަކު އެއް ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އިން ބުނެއެވެ.

ލޮޓްއެއާ ގެ ދަތުރުތައް އިއްޔެ ވަނީ ފަށާފައި --- ފޮޓޯ/ އެމްއޭސީއެލް

ލޮޓް އެއާ އިން ރާއްޖޭގެ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއެން 787 ގެ އެއާ ކްރާފްޓެކެވެ. އެއީ 294 ޕަސެންޖާ ކެޕޭސިޓީގެ އެއާ ކްރާފްޓެކެވެ.

ލޮޓް އެއާ އަކީ 1928 ވަނަ އަހަރު ވުޖޫދުވި އެއާ ލައިންއެކެވެ. މި އެއާލައިނަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް އެއާލައިނެވެ.

comment ކޮމެންޓް