14:30
ރާބިޠަތުލް ޢާލަމިއްޔާ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ފުރާވަޑައިގެންފި އެވެ.
މައްކާގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ބައްދަލުވުމުގެ އިފްތިތާހީ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ސެކްރެޓޭރިއެޓް އޮފް ދަ ފޯމަރ ޕްރެޒިޑެންޓުން ބުނެ އެވެ.
ރައީސް މައުމޫނަކީ ރާބިޠާގެ އަލްމަޖްލިސުއް ތައުސީސީގެ މެންބަރެއް ކަމަށާއި އަދި އެމަނިކުފާނު މީގެ ކުރިންވެސް އަލްމަޖްލުސުއް ތައުސީސީގެ ވަރަށް ގިނަ ޖަލްސާތަކެއްގައި ބައިވެރިވެވައިގެންފައިވާ ކަމަށްވެސް ފޯމަރ ޕްރެޒިޑެންޓުން ބުނެ އެވެ.
ރައީސް މައުމޫންގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނަވާ އެވެ.