ގްރީން ޓީ އަކީ އިންސާނާގެ ހަށިގަނޑަށް ތަފާތު އެކި ކަހަލަ ފައިދާތައް ކޮށްދޭ އެއްޗެކެވެ. ނަމަވެސް ކޮންމެ އެއްޗަކީ ވެސް ހުރިހާ ވަގުތެއްގައި ބޭނުން ކުރުމަށް އެންމެ ރަނގަޅު އެއްޗަށް ނުވެދާނެއެވެ. ގްރީން ޓީ ވެސް ހަމަ އެގޮތެވެ. ހާއްސަކޮށް ކައި ނިންމާ ގޮތަށް ވަގުތުން ގްރީން ޓީ ބޯން ނުހަދާށެވެ. އޭގެ ސަބަބުން ވާނީ ގެއްލުމެވެ.
ގްރީން ޓީ އަކީ ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތް ކުރާ ގިނަ ބަޔަކު އާންމު ގޮތެއްގައި ބޭނުން ކުރާ އެއްޗެކެވެ. ބަރުދަން ލުއި ކުރުމަށް ވެސް ބައެއް މީހުން ގްރީން ޓީ ބޭނުން ކުރެއެވެ. މިހާ ފައިދާ ހުރި އެއްޗަކުން ގެއްލުމެއް ވެދާނެ ހާލަތްތައް ވެސް އެބަ އާދެއެވެ.
ނިއުޓްރީޝަނިސްޓެއް ކަމަށްވާ ގަރީމާ ގޯޔަލް ބުނާގޮތުގައި ކޮންމެ ކެއުމަކަށް ފަހު ގްރީން ޓީ ބޭނުން ކުރުމުގެ ކުރިން ހުސް ވަގުތުކޮޅެއް ދިނުން މުހިއްމެވެ.
ގްރީން ޓީގައި ހިމެނޭ ބައެއް ކޮމްޕައުންޑުތަކަކީ އޭގެ ސަބަބުން ކާ އެއްޗެހީގެ ހުންނަ ނިއުޓްރިއެންޓްތައް ދަމައިގަންނަ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ކާ އެއްޗެހިން ހަށިގަނޑަށް ލިބެން ޖެހޭ ފައިދާތައް ނުލިބޭނެ ކަމަށް ގަރީމާ ބުންޏެވެ. އެހެންވީމާ ކެއުމަށްފަހު ގްރީން ޓީ ބޯނަމަ އެންމެ މަދު ވެގެން ވެސް 30 ވަރަކަށް މިނެޓް މަޑު ކުރުމަށް ލަފާ ދެއެވެ.
ގަރީމާ ބުނާގޮތުގައި ގްރީން ޓީއިން ފައިދާ ވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް އެއިން ބަރުދަން ލުއި ކޮށްދިނުން ފަދަ ކަންތައްތަކަކީ ސައިންސުގެ އަލީގައި ސާބިތު ކޮށްދެވިފައިވާ ކަންތަކެއް ނޫނެވެ. ތިއަރީއަށް ބަލާއިރު އޭގައި ހަށިގަނޑަށް ފައިދާވާ މާއްދާތައް ހުރި ކަމަށްވި ނަމަވެސް އެއިން މީހާ ހިއްކާލެވޭ ކަން އަދި ސާބިތު ކޮށްދެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ގްރީން ޓީ އަކީ އާންމުކޮށް ހަމަ ބެނުން ކުރުން ރަނގަޅު އެއްޗަކަށް ވާއިރު އޭގެ ސަބަބުން ގެއްލުން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.