ޗާލްސްއަށް އަމާޒުކޮށް ބިސް އުކައިފި

ރަސްގެފާނު ޗާލްސް އާއި ރާނީ ކަމީލާއަށް އަމާޒުކޮށް ބިސް އުކައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންގްލެންޑުގެ އުތުރުގެ ސަރަހައްދެއްގައި އޮތް ރަސްމިއްޔާތަކަށް ޗާލްސް އާއި އަނބިކަނބަލުން ކަމީލާ ވަޑައިގަންނަވަނިކޮށެވެ. އުކި ބިސްތައް އެ ބޭފުޅުންގެ ހަށިކޮޅަކަށް ނާރައެވެ.

ރަސްގެފާނާ ދިމާލަށް ބިސް އުކި މީހާ ހައްޔަރުކޮށްފައިވާއިރު، އެ ސަރަހައްދުގައި ތިބި އާންމުން ދިޔައީ "ގޯޑް ސޭވް ދަ ކިންގް" ހަރުއަޑުން ގޮވަމުންނެވެ.

މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމާއެކު އިނގިރޭސި ތަޚްތަށް އިސްވެ ވަޑައިގަތް ރަސްގެފާނު ޗާލްސް އަންނަނީ އުތުރު އިންގެލެންޑަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ރާނީ އަވަހާރަވުމުގެ ކުރިން ސެންޓްރަލް އިންގްލެންޑުގެ ނޮޓިންގްހަމަށް އެކަމަނާ ކުރެއްވި ދަތުރުފުޅެއްގައިވެސް ބަޔަކު ވަނީ އެކަމަނާގެ ކާރުކޮޅަށް ބިސް ޖަހާފައެވެ. އަދި 1955 ވަނަ އަހަރު ޑަބްލިންގައި ހުންނަވަނިކޮށް ވެސް ޗާލްސް އަށް އަމާޒުކޮށް މުޒާހަރާއެއްގެ ބައިވެރިން ވަނީ ބިސް ޖަހާފައެވެ.

comment ކޮމެންޓް