މޫސުން ގޯސްވުމުގެ ސަބަބުން ނައިޓް މާކެޓް މާދަމާ ރެއަށް ފަސްކޮށްފި

19:00


މިނިވަން ދުވަހާ ގުޅުވައިގެން މިރޭ ހުޅުވަން ހަމަޖައްސާފައި އޮތް ނައިޓް މާކެޓް ވިއްސާރަވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފި އެވެ.


ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ނައިޓް މާކެޓް ފަސްކުރަން ޖެހުމުން އެޖަމިއްޔާއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އެގޮތުން ނައިޓް މާކެޓް މިރޭ ހުޅުވަން ވަރަށް ބޮޑަށް ތައްޔާރު ކޮށްފައިވާ ކަމަށާއި އަދި މަގުމަތީގައި ކެބަލް އަޅައި ލައިޓްތައް ވެސް ހަރުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ ވިއްސާރަ ވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު އެނގޭނީ މާދަމާ ކަމަށެވެ.


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ ބާޒާރު 631 މޭޒުގެ ޖާގައާ އެކު ހުޅުވައިދެއްވާނީ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކެވެ.


މި ފަހަރުގެ ނައިޓް މާކެޓް ބާއްވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އަލޯރާ ގުޅިގެން "އަލޯރާ ނައިޓް މާކެޓް"ގެ ނަމުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު