ގއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އުތުރު ހުވަދޫ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައި އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ގއ.އަތޮޅުގެ ނުވަ ސުކޫލަކުން ދަރިވަރުން ބައިވެރިވިއެވެ.
އެގޮތުން ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ކީސްޓޭޖް ފަހަކާ ހަމައަށް އެ މުބާރާތުގައި ދަރިވަރުން ބައިވެރިވިއެވެ.
އުތުރުހުވަދޫ ޤުރުޢާން މުބާރާތުގައި ބައިވެރިވި ސުކޫލުތަކުގެ ތެރޭގައި ގއ. އަތޮޅު މަދުރަސާ، ގއ. އަތޮޅު ތައުލީމީ މަރުކަޒު، މާމެންދޫ ސުކޫލް، ނިލަންދޫ ސުކޫލް، ދާންދޫ ސުކޫލް، ކޮނޑޭ ސުކޫލް، ގެމަނަފުށީ ސުކޫލުގެ އިތުރުން ކަނޑުހުޅުދޫ ސުކޫލު ހިމެނެއެވެ.
އެ މުބާރާތުގައި ޖުމުލަ 167 ކުދިން ބައިވެރިވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 134 ދަރިވަރުންނާއި ހިތުން ކިޔެވުމުގެ ގޮފިން 33 ދަރިވަރަކު ބައިވެރިވިއެވެ.
ރޭ ބޭއްވި އެ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބަލައިގެން ކިޔުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފިން ވަނަވަނައަށް ދިޔަ ކުދިން ހޮވައި ވަނީ އިނާމު ދީފައެވެ. އަދި އެ ދެގޮފިން އެންމެ މޮޅު ސުކޫލުތައް ވެސް ވަނީ ހޮވައި އިނާމު ދީފައެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ: އަޙްމަދު އީމް ރަމީޒް، އޮނި، ގއ. ވިލިނގިލި / ގ ގއ. އަތޮޅު ތައުލީމީ މަރުކަޒް
އެގޮތުން މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ވަނަވަނައަށް ދިޔަ ކުދިންނަކީ:
- 1 ވަނަ ދަރިވަރު – އައިޝަތު ޔޫލީ ބިންތި ލުޤްމާން، ވަލުތެރޭގެ، ގއ. ގެމަނަފުށި / ގެމަނަފުށީ ސުކޫލް
- 1 ވަނަ ދަރިވަރު – ޔޫސުފް ނީކަން މުސްތަފާ، ހިލިހިލާގެ، ގއ. ދެއްވަދޫ / ސުލްތާން މުޙައްމަދު ސުކޫލް
- 2 ވަނަ ދަރިވަރު – އާމިނަތު ޔުމްޝާ މުޙައްމަދު މޫސާ، ނޫވިލް، ގއ. ކަނޑުހުޅުދޫ / ކަނޑުހުޅުދޫ ސުކޫލް
- 3 ވަނަ ދަރިވަރު – ސުމައްޔާ ބިންތި ސަފްވަތުﷲ، ގުލްދަސްތާގެ، ގއ. ގެމަނަފުށި / ގެމަނަފުށީ ސުކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަވަނައަށް ދިޔަ ކުދިންނާކީ
- 1 ވަނަ ދަރިވަރު – އަޙްމަދު އީމް ރަމީޒް، އޮނި، ގއ. ވިލިނގިލި / ގ ގއ. އަތޮޅު ތައުލީމީ މަރުކަޒް
- 2 ވަނަ ދަރިވަރު – ޢާއިޝަތު އީނާލް ހަސަން، އަޅިވިޅާގެ، ގއ. މާމެންދޫ / ގއ. މާމެންދޫ ސްކޫލް
- 3 ވަނަ ދަރިވަރު – ފާތިމަތު ސާރާ އަޙްމަދު، އިތާ، ގއ. ކޮލަމާފުށި / ގއ. އަތޮޅު މަދަރުސާ
- 3 ވަނަ ދަރިވަރު – އަލީ މާލިކް މަޖީދު، ރީނދޫމާގެ، ގއ. ކަނޑުހުޅުދޫ / ގއ. ކަނޑުހުޅުދޫ ސްކޫލް
މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ވަނަވަނައަށް ދިޔަ ސުކޫލުތަކަކީ:
- 1 ވަނަ ސުކޫލް / ކަނޑުހުޅުދޫ ސުކޫލް
- 2ވަނަ ސުކޫލް / ގއ. އަތޮޅު ތައުލީމީ މަރުކަޒު
- 3ވަނަ ސުކޫލް / ސުލްތާން މުޙައްމަދު ސުކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަވަނައަށް ދިޔަ ސުކޫލުތަކަކީ:
- 1ވަނަ ސުކޫލް / ގެމަނަފުށީ ސުކޫލް
- 2ވަނަ ސުކޫލް / މާމެންދޫ ސުކޫލް
- 3ވަނަ ސުކޫލް / ގއ. އަތޮޅު ތައުލީމީ މަރުކަޒު
ގއ. އަތޮޅު ކައުންސިލުން ބުނީ އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އެ ކައުންސިލް އިދާރާގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ވެސް ފައިސާގެ އިނާމް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށާއި ބެލެނެވެރިން އަދި އޮފިޝަލުންނަށް ވެސް ގއ. ވިލިނގިލިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ކަމަށް ގއ. އަތޮޅު ކައުންސިލުން ބުންޏެވެ.
އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިއީ އެ ކައުންސިލުން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލި މުބާރާތެކެވެ.