ލީޑްސްއިން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑުން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށްފިއެވެ.

ގިނަ ހަމަލާތަކެއް ދެ ޓީމުގެ ފަރާތުން ވެސް ފެނުނު އެ މެޗު ލީޑްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ގޯލުޖަހައި މެޗު ލީޑު ނަގައިފައެވެ. އެ ގޯލަކީ ލިވަޕޫލްގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ލީޑްސްއިން ނެގި ގޯލެކެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލްގެ ޖޯއެ ގޮމޭޒް އެ ޓީމުގެ ކީޕަރު އެލިސަން ބެކާއަށް ފަހަތުން ޖައްސާލި ޕާސް ލިބުނީ ލީޑްސްގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯއަށެވެ. އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިފައެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ލިވަޕޫލް

ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެންޑްރޫ ރޮބާޓްސަން ނެގި ހުރަހަކުން އެ ގޯލު ޖެހީ މުހައްމަދު ސަލާހެވެ.

އެ ނަތީޖާއިން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޕެޓްރިކް ބެމްފޯޑް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ކްރައިސެންސިއޯ ސަމާވިލް ވަނީ އަލުން ލީޑްސްއަށް ލީޑު ނަގައިދީފައެވެ.

އެ ނަތީޖާއިން ލީޑްސް މޮޅުވެ އެ ޓީމު ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ލިވަޕޫލް ތާވަލުގެ ނުވަވަނައިގައި 16 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް