އެޑްވަޓޯރިއަލް: ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަ އިންޝުއަރަންސް ގައި ހިމެނެނީ ކޮންކަހަލަ ރައްކާތެރިކަމެއް؟

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ދާއިރާއެވެ. މަލްޓި މިލިއަން ޑޮލަރުގެ މި ބޮޑު އިންޑަސްޓްރީގެ ތެރޭގައި ރާއްޖޭގެ އެތައް ކުދި ވިޔަފާރިތައް ވެސް ބައިވެރިވެއެވެ. ކުޑަކޮށް ފެށި ވިޔަފާރިތައް އެތައް ގުނައަކަށް ފުޅާކޮށްލެވުނު ކާމިޔާބު ވިޔަފާރިވެރިން މިއަދު ރާއްޖޭގައި އެބަ ތިއްބެވެ. މި ހުރިހާ ކަމެއް މެދުވެރިވުމުގެ ސަބަބަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ތިބެވޭ ގޮތަށް ކަންކަން ރޭވި، ރަށްރަށުގައި ގެސްޓްހައުސްތައް ތަރައްޤީކުރަން ފެށުމުންނެވެ. މިއީ މިކަން ކުރަން އެނގޭ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ، ފައިދާ ބޮޑު ވިޔަފާރިއެކެވެ.

ރާއްޖޭގައި 840 އަށްވުރެ ގިނަ ގެސްޓްހައުސް ހުރި އިރު، ނިމިދިޔަ އޮގަސްޓް މަސް ނިމުނު އިރު 20 އަތޮޅެއްގެ 95 ރަށުގައި ޖުމްލަ 840 ގެސްޓްހައުސް ދިޔައީ ހިންގަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 20 ޕަސަންޓު ހިއްސާކުރާ، "މާސިންގާ" ސަބް-އިންޑަސްޓްރީއެކެވެ. ސަބަބަކީ މިއީ މީހުން ދިރިއުޅޭ ރަށްރަށާއި އެރަށްރަށުގެ އާއިލާތަކުގެ ފުދުންތެރިކަމާ ސީދާ ގުޅިފައިވާ ހަރަކާތަކަށް ވާތީއެވެ. މިހާރު ދުނިޔޭގައި ދަތުރުވެރިންގެ ޓްރެންޑުތަކަށް ބަލާއިރު، ހަރަދުކުޑަކޮށް ދަތުރުކުރާ މީހުން ގިނަ ވަމުން ދާ އިރު އެފަދަ ދަތުރުވެރިން ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކާ ވަރަށް ދޯޅެވެ.

ގެސްޓްހައުސްގެ އޮޕަރޭޝަންތައް ގިނައިން ހިންގަނީ އިން-ހައުސް ކެފޭ/ރެސްޓޯރަންޓުތަކާ ވެސް އެކުގައެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގެ އައިލެންޑް ލައިފްގެ ތަޖުރިބާއެއް ދިނުމުގެ ގޮތުން ބާބަކިއު ޑިނާސް ފަދަ އިންތިޒާމުތައް ވެސް ހަމަޖައްސައިދީ ހަދައެވެ. ގެސްޓްހައުސްތަކުގައި އަލިފާން ނިއްވާ ސާމާނު ބެހެއްޓުމަށް ލާޒިމުކޮށްފައި ވަނީ ވެސް މިފަދަ ކަމަކުން ނުވަތަ ކަރަންޓު ޝޯޓަކުން ވިޔަސް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެއަށް އިޖާބަދިނުމުގެ ގޮތުންނެވެ.

އަލިފާނުގެ ހާދިސާއަކުން ގެސްޓްހައުސަށާއި އެތަނުގެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ޔަގީންކުރެވޭނެ އެންމެ ފަސޭހަ އަދި ފުރިހަމަ ގޮތަކީ އެލައިޑް އިންޝުއަރަންސްގެ ގެސްޓްހައުސް ޕްރީމިއަމް ޕެކޭޖެވެ. އަލިފާނުގެ ހާދިސާތަކުގެ އިތުރުން ވައްކަމާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށާއި، މުވައްޒަފެއްގެ ހަޑިގަނޑަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުންތަކަށާއި އަދި ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުންތަކާއި، އަދި ޕްރޮޕަރޓީއަށް ލިބޭ ބައެއް ކަހަލަ ގެއްލުންތަކާއި ހުރެ ގެސްޓްހައުސްގެ ވިޔަފާރިއަށް ވަގުތީ ގޮތުން ނޭދެވޭ އަސަރެއް ކޮށްފިނަމަ (ކޮންސީކުއެންޝަލް ލޮސް) މި ޕެކޭޖުގެ ދަށުން ބަދަލު ލިބޭނެ ކަންކަމެވެ.

ގެސްޓްހައުސް ޕްރީމިއަމް ޕެކޭޖަކީ އެލައިޑްގެ ގެސްޓްހައުސް އިންޝުއަރަންސް ޕެކޭޖުތަކުގެ ތެރެއިން އެންމެ ފުރިހަމަ ކަވަރޭޖު ލިބޭ ޕެކޭޖެވެ. ކަނޑައެޅިފައިވާ ވަކި ކަވަރޭޖުތަކެއްގެ އިތުރުން ކަވަރޭޖުގެ ދާއިރާތައް އިތުރުކުރެވޭނެ ގޮތްތަކެއް ނުވަތަ އެކްސްޓެންޝަންގެ އިހުތިޔާރު ވެސް ލިބޭނެއެވެ.

ގެސްޓްހައުސް ޕްރީމިއަމްއަށް ވުރެ ކަވަރޭޖު ކުޑަ ދެ ޕެކޭޖު، ގެސްޓްހައުސް "ބަޖެޓް" އަދި "ބަޖެޓް ޕްލަސް" އަކީ ވެސް ގެސްޓްހައުސް އޯނަރުންނަށް ޗޮއިސްތަކެކެވެ. އެކަމަކު ގެސްޓްހައުސަށް ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓަށް އެންމެ ރައްކާތެރި ގޮތަކީ ކަވަރޭޖު ބޮޑު ގޮތް އިހުތިޔާރުކޮށް، ރައްކާތެރިކަމުގެ ތުނި ފަށަލައަކަށް ވުރެ ބޯ ފަށަލައެއް ގާއިމުކުރުމެވެ. އަދި މިއީ ޔަގީނުން ވެސް އިންވެސްޓްމަންޓަށާއި، މުވައްޒަފުންނަށާއި މެހެމާމުންނަށް ވެސް އޮންނާނެ އެންމެ ހިތްގައިމު އަދި ހެޔޮ ގޮތެވެ.

ވީމާ ކުރިއަށް އޮތް އަހަރަށް ގެސްޓްހައުސްގެ އިންޝުއަރަންސް އާ ކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން މިކަންކަމަށް ފިކުރެއް ކޮށްލުމަށްފަހު އެންމެ ފުރިހަމަ ކަވަރޭޖު ހިޔާރުކޮށްލުން ކިހިނެއް ވާނެތޯއެވެ.

comment ކޮމެންޓް