ކަރަންޓު ކާރުގެ ބެޓެރި އުފެއްދުމަށް އެމެރިކާ ސަރުކާރުން 2.8 ބިލިއަން ޑޮލަރު ދެނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގައި ކަރަންޓު ކާރުގެ ބެޓެރީ އުފެއްދުމުގެ މަސައްކަތް ކުރިއެރުވުމަށް އެގައުމުގެ ސަރުކާރުން 2.8 ބިލިއަން ޑޮލަރު ދޭނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ އެމެރިކާއިން އިލެކްޓްރިކް ވެހިކަލްތަކަށް ބެޓެރީ އުފެއްދުމާއި ބެޓެރިއަށް ބޭނުންވާ މައުދަން އުފެއްދުން ފުޅާކުރުމުގެ މަޝްރޫއުތަކަށް 2.8 ބިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭނެ ކަމަށެވެ.

ރައީސްގެ އެއް ޓްރިލިއަން ޑޮލަރުގެ ބައިޕާޓީ އިންފްރާސްޓްރަކްޗާ ގާނޫނު މެދުވެރިކޮށް ފައިސާ ހޯދާ މި ހިލޭ އެހީގެ ސަބަބުން މަދުވެގެން 12 ސްޓޭޓެއްގެ އުފެއްދުންތެރިކަމާއި ޕްރޮސެސިން ކުންފުނިތަކަށް އިތުރު ލިތިއަމް، ގްރެފައިޓް، ނިކަލް އަދިވެސް ބެޓެރީ އުފެއްދުމަށް ބޭނުންވާ މިފަދަ އެހެނިހެން މެޓީރިއަލްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މި އިއުލާނަކީ އެމެރިކާ ގޭސް ނުވަތަ ތެޔޮ ބޭނުންކޮށްގެން ދުއްވާ ކާރުތަކުގެ ބަދަލުގައި އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ. ދަތުރުފަތުރުގެ ދާއިރާއަކީ ކޮންމެ އަހަރަކުވެސް ދުނިޔެ ހޫނުކޮށްދޭ ގްރީންހައުސް ގޭސްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ތަމްސީލުކުރާ ދާއިރާއެވެ.

"ޒަމާނީ ބެޓެރީތަކާއި އެފަދަ އެހެނިހެން ވަޞީލަތްތައް އުފެއްދުމަކީ ކަރަންޓް ވެހިކަލްތައް އިތުރުކޮށް އެކަން ފުޅާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ފޮސިލް ފިއުލްތަކާ ދުރަށްޖެހި މުޅި ގައުމުގައި ރަނގަޅު މުސާރަ ލިބޭ އިތުރު ވަޒީފާތައް އުފެދިގެންދާނެ ރަނގަޅު ސިނާޢަތެއް" އެމެރިކާގެ އެނާޖީ ސެކްރެޓަރީ ޖެނިފާ ގްރެންހޯލްމް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 2 މިލިއަން އެލެކްޓްރިކް ވެހިކަލް (އީވީ) އަށް ފޯރުކޮށްދޭ ވަރަށް ލިތިއަމް ތަރައްގީކުރުމާއި، އަހަރަކު ގާތްގަނޑަކަށް 1.2 މިލިއަން އީވީ ފޯރުކޮށްދޭ ވަރަށް ގްރެފައިޓް ތަރައްގީކުރުމާއި، އަހަރަކު ގާތްގަނޑަކަށް 400،000 އީވީ ފޯރުކޮށްދޭ ވަރަށް ނިކަލް އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށް އެނާޖީ ޑިޕާޓްމަންޓުން ބުނެއެވެ.

އަދި މި މަޝްރޫއުތަކުގެ ސަބަބުން އެމެރިކާގެ ފުރަތަމަ ބޮޑު ވިޔަފާރި ލިތިއަމް ހަކަތައިން އުފައްދާ ލޮނު އުފެއްދުމުގެ ވަޞީލަތްތައް ގާއިމްކޮށް، 2030 ވަނަ އަހަރު ކަރަންޓް ކާރުތަކަށް ބޭނުންވާ ބެޓެރީތަކުގެ %45 ފޯރުކޮށްދޭނެ ފެސިލިޓީއެއް ތަރައްގީ ކުރެވޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު ބައިޑަން ވަނީ އީވީ އާއި ދިގު މުއްދަތަކަށް ހަކަތަ ރައްކާކުރުމަށް ބެޓެރީ އުފެއްދުމަށް ބޭނުންވާ މައުދަންތައް އެމެރިކާއިން އުފެއްދުން ވަރުގަދަކޮށް، ބޭރުގެ ސަޕްލައި ޗޭންތަކަށް ގައުމު ބަރޯސާވުން ކުޑަކުރުމަށް ޑިފެންސް ޕްރޮޑަކްޝަން ގާނޫނަށް އަމަލުކޮށްފައެވެ.

"މިވަގުތު ގާތްގަނޑަކަށް ހުރިހާ ލިތިއަމް، ގްރެފައިޓް، ބެޓެރީ ގްރޭޑް ނިކަލް، އިލެކްޓްރޯލައިޓް ސޯލްޓް، އިލެކްޓްރޯޑް ބައިންޑަރ އަދި އަޔަން ފޮސްފޭޓް ކެތޯޑް މެޓީރިއަލް އުފައްދަނީ އެމެރިކާއިން ބޭރުގައި، އަދި މި މުހިއްމު ގިނަ ވަޞީލަތްތައް އެމެރިކާއަށް ފޯރުކޮށްދިނުމުގެ މި ސިނާޢަތު ކޮންޓްރޯލް ކުރަނީ ޗައިނާއިން " ވައިޓް ހައުސްގެ ފެކްޓް ޝީޓުގައިވެއެވެ .

ވައިޓް ހައުސްއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އީވީ ވިއްކުމުގެ ހުރިހާ އެއްޗެއްގެ ދެބައިކުޅަ އެއްބައި ހިމެނުމަށް އަމާޒެއް ކަނޑައަޅައި، 2035 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ފެޑެރަލް ފްލީޓްގެ 600،000 ކާރާއި ޓްރަކްތައް ކަރަންޓުން ބަދަލު ކުރުމަށް ވައުދުވެފައެވެ.

comment ކޮމެންޓް