ޖުޕިޓާގެ ހަނދަކުން ސައިންސްވެރިންނަށް ފެން ފެނިއްޖެ

ނާސާއިން ވަނީ

ޖުޕިޓާގެ ވަށައިގެންވާ ހަތަރު ހަނދުގެ ތެރެއިން އެންމެ ކުޑަ އެއް ހަނދުގެ ބިމުން ނާސާގެ ސައިންސްވެރިންނަށް ފެން ފެނިއްޖެއެވެ.

މިފަދަ ދިރާސާތައް ޝާއިއުކުރާ މަޝްހޫރު ޖާނަލްއެއް ކަމަށްވާ 'ޕްލެނެޓަރީ ސައިންސް ޖާނަލް'ގައި މި ދިރާސާ ޝާއިއުކޮށްފައިވާއިރު، އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި ޖުޕިޓާގެ ޔޫރޮޕާ ހަނދުގެ ވަށައިގެންވާ އައިސް ކްރަސްޓްގެ މަތީގައި ފެން އުފެދިފައިވެއެވެ.

ހަނދުގެ ބިމުގެ ސަތަހައިގެ އަޑިން ފެން ފެނުމަކީ އެ ހަނދުގެ ބޭރުން، ސޯލާ ސިސްޓަމްގެ އެހެން ސަރަހައްދުތަކުގައިވެސް ފެން ހުރުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ. އަދި މިއީ ދުނިޔެއިން ބޭރުގައި އިންސާނުންނަށް ދިރިއުޅުމުގެ ފުރުސަތާ ބެހޭ ދިރާސަތަކަށް މުހިންމު ހޯދުމެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ޔޫރޮޕާގެ ބިމާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރާއި އަށް ކިލޯމީޓަރުގެ ފުން މިނުގައި ފެން ހުރެދާނެއެވެ. އެ ފުން މިނުގައި އާންމުކޮށް ހުންނަނީ ވަރަށް ފިނި ގަނޑުފެނެވެ.

ނަމަވެސް ބައެއް ފުން ވަޅުގަނޑުތަކުގައި އަވަހަށް ވިރިގެންދާ ފަދަ އައިސް ހުރެދާނެ ކަމަށް ސައިންސުވެރިން ލަފާކުރެއެވެ.

ޔޫރޮޕާގައި އިންސާނުންނަށް ދިރިއުޅެވިދާނެ ފަދަ މާހައުލެއް އޮތްތޯ ބެލުމަށް، ޖުޕިޓާ ވަށައިގެން ބުރު ޖަހަމުން އެ ހަނދު ދިރާސާ ކުރާނެ އުޅަނދެއް 2024 ވަނަ އަހަރު ފޮނުވުމަށް ނާސާއިން ވަނީ ނިންމައިފައެވެ. ނާސާއިން ބުނި ގޮތުގައި އިންސާނުން ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތައް ޔޫރޮޕާގައި އެބަހުއްޓެވެ. އެއީ ފެނާއި ކެމިސްޓްރީ އާއި ހަކަތަ ކަމަށް ނާސާއިން ބުނެއެވެ.

މީގެ ކުރިން ނާސާގެ މިޝަންތަކުން ވަނީ ޔޫރޮޕާ ހަނދުގެ އައިސް ގަނޑުތަކުގެ ދަށުގައި ލޮނު ފެނުގެ ކަނޑެއް އޮންނަ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު