ތުރުކީގައި ހިނގި ގޮވުމެއްގައި ދެ މަރު

މައިން ގޮވުމެއްގައި ޒަޚަމްވި މީހުންނަށް އެހީވުމަށް ރެސްކިއު ޓީމް ހަރަކާތްތެރި ވަނީ --- ފޮޓޯ/ ރޮއިޓާސް

ތުރުކީގައި ހިނގި މައިން ގޮވުމެއްގައި ދެ މީހަކު މަރުވެއްޖެއެވެ.

ތުރުކީގެ އުތުރުގައި އޮންނަ އަމަސްޔާގައި ހިނގި މި ހާދިސާގައި 20 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، 49 މީހުން އަދިވެސް ތިބީ މައިންގެ 300 މީޓަރު އަޑީގައި ތާށިވެފައެވެ.

އަމަސްރާގެ މޭޔަރު ވިދާޅުވީ، މައިންގައި ގޮވުމުގެ ހާދިސާ ހިނގި އިރު 87 މީހުން ތިބި ކަމަށެވެ.

ތުރުކީގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެ ސަރަހައްދުގައި ތިބި މީހުންގެ ފަރާތުން ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ދެނެގަނެވިފައި ނުވާއިރު، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ މައިންގައި މީތޭން ގޭސް އުފެދިފައި ހުރުމުގެ ސަބަބުން ދިމާވި ހާދިސާއެކެވެ.

ތުރުކީގައި 2014 ވަނަ އަހަރުވެސް މައިންއެއްގައި ގޮވުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި 301 މީހުން މަރުވެފައިވާއިރު، އެއީ ތުރުކީގެ ތާރީޚުގައިވެސް ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް