ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަން ސިޔާމް ވިލުރީފް ރިސޯޓަށް ފަސް މެޑައްޔެއް ލިބިއްޖެއެވެ.
އެ ޗެލެންޖުން ޖުމުލަ ފަސް މެޑައްޔަކާއި އެއް ޑިޕްލޮމާ، ވިލު ރީފަށް ލިބިފައިވާއިރު އެ ރިސޯޓުން ބައިވެރިވީ ހަ ކެޓެގެރީއެއްގައެވެ.

ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަން ސިޔާމް ވިލުރީފް ރިސޯޓަށް ހަ މެޑައްޔެއް --- ފޮޓޯ/ ވިލުރީފް
އޭގެ ތެރޭގައި ހިމެނެނީ:
- ޓީ ޗެލެންޖު
- އައިސްޑް މޮކްޓެއިލް
- ހޮޓް ކުކިން - ޕޯލްޓްރީ
- ހޮޓް ކުކިން - ފިޝް ފިލެޓް
- ބްރެޑް އެންޑް ޕޭސްޓްރީ ޑިސްޕްލޭ
- ޑެސާޓްސް (ޑިސްޕްލޭ)

ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަން ސިޔާމް ވިލުރީފް ރިސޯޓަށް ހަ މެޑައްޔެއް --- ފޮޓޯ/ ވިލުރީފް
ވިލު ރީފުން ވަނީ ޓީ ޗެލެންޖުން ގޯލްޑް މެޑައްޔާއި އައިސްޑް މޮކްޓެއިލްއިން ގޯލްޑް މެޑައްޔާއި ހޮޓް ކުކިން ޕޯލްޓްރީން ބްރޮންޒް މެޑައްޔާއި ޑެޒާޓް ޑިޕްސްޕްލޭއިން ބްރޮންޒް މެޑައްޔާއި ބްރެޑް އެންޑް ޕޭސްޓްރީ ޑިސްޕްލޭއިން ބްރޮންޒް މެޑަލްގެ އިތުރުން ހޮޓް ކުކިން ފިލެޓްއިން ޑިޕްލޮމާ ހާސިލްކޮށްފައެވެ.
އެ ކާމިޔާބާ ގުޅިގެން ވިލުރީފް ރިސޯޓުގެ ޑައިރެކްޓަ އޮޕަރޭޝަންސް ތޯހާ ޔޫސުފް މިރޭ "ސަން"އަށް ވިދާޅުވީ ލިބުނު ކާމިޔާބާ މެދު އުފާކުރާ ކަމަށެވެ. އަދި އެ ކާމިޔާބީ ފާހަގަކުރަނީ ވަރަށް ބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަން ސިޔާމް ވިލުރީފް ރިސޯޓަށް ހަ މެޑައްޔެއް --- ފޮޓޯ/ ވިލުރީފް
"ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ފެންވަރުގެ ޗެލެންޖަކުން ވިލުރީފަށް ލިބުނު ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއް ގޮތުގައި ދެކެނީ،" އޭނާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ އެ ޗެލެންޖުގައި ވިލުރީފުން ބައިވެރިވުމުގެ މަގުސަދަކީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކުރުމާއި އެ މީހުންގެ ހުނަރު އިތުރުކުރުން ކަމަށެވެ.
ހަމައެއާއެކު ވީހާވެސް ބޮޑަށް މުވައްޒަފުން ކަންކަމުގައި ބައިވެރިކޮށްގެން އެމީހުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަކީ ވެސް އެފަދަ ޗެލެންޖެއްގައި ބައިވެރިވި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަން ސިޔާމް ވިލުރީފް ރިސޯޓަށް ހަ މެޑައްޔެއް --- ފޮޓޯ/ ވިލުރީފް
ތޯހާ ފާހަގަކުރެއްވި ގޮތުގައި އެފަދަ ކަމެއްގައި ބައިވެރިވެ ކާމިޔާބެއް ލިބުމަކީ މުވައްޒަފުންނަށް ކުރިއަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެކެވެ.
މިފަހަރުގެ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ އެކި ރިސޯޓު ތަކުން 600އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މިއީ 16 ވަނަ ކަލިނަރީ ޗެލެންޖެވެ.