ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި އެ ކޮމިޝަނުގެ އިދާރީ ބައި ރަގަޅުކުރަންޖެހޭ: އާދަމް މަނިކު

10:00


ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި އެ ކޮމިޝަނުގެ އިދާރީ ބައި އިތުރަށް ރަގަޅުކުރަން ޖެހިފައިވާ ކަމަށް އެކޮމިޝަނުގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.


ރިޔާސީ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އާދަމް މަނިކު ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން ގެންދާ މަސައްކަތުގެ ތަފްސީލު އާއްމުންނަށް ހާމަނުކުރާ ގޮތަށް ވަނީ ހަމަޖައްސައިފައި ކަމަށެވެ. އަދި، އެފަދަ މައްސަލަތަކުގެ ތަފްސީލު ހާމަކުރުމަށް ކޮމިޝަނުން ގަސްތުކޮށްފިނަމަ، ނޫސްވެރިންނާ ބައްދަލުކުރައްވާ އެކަމާ ގުޅޭ މައުލޫމާތު ދެއްވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.


އެހެންނަމަވެސް، އުސޫލެއްގެ ގޮތުން މިހާރު ކުރިއަށްދަނީ ރިޔާސީ ކޮމިޝަނުގެ ކެޕޭސިޓީ ބިލްޑްކުރުން ނުވަތަ މަސައްކަތުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެގޮތުން ރިޔާސީ ކޮމިޝަނުން އާރުލާ މަސައްކަތްތަކެއް ކުރަން ބޭނުންވާނަމަ، އެ ކޮމިޝަނުގެ ސެކްރެޓޭރިއެޓް ނުވަތަ އިދާރީ ބައި ރަގަޅުކުރަން ޖެހިފައިވާ ކަމަށް، އާދަމް މަނިކު ވިދާޅުވި އެވެ.


މާލެ މުނިސިޕަލިޓީގެވެސް ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ އާދަމް މަނިކު އިތުރަށް ވިދާޅުވީ، ހުރަވީ ބިލްޑިންގައި ހުރި އޮފީސްތައް ވެލާނާގެއަށް ބަދަލުކޮށް ނިމުމުން، އެ ހުރަވީ ބިލްޑިން ތަޅާލާ، އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު