ކެއާ ސޮސައިޓީގެ ދަށުން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރުގެ މުސާރަ ސްޓެލްކޯއިން ސްޕޮންސާ ކޮށްފިއެވެ.
އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފާއި ކެއާ ސޮސައިޓީގެ އެކްޒެކްޓިވް ޑިރެކްޓަރު އަހްމަދު އާތިފްއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކެއާ ސޮސައިޓީގެ ޓީޗަރަކަށް މުސާރަ ހަމަޖައްސައި ދީފައިވަނީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން އެއީ ގައުމީ ހިދުމަތެއްގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ކެއާ ސޮސައިޓީން ކުރާ މަސައްކަތަކީ ވަރަށް ބުރަ، އަދި ގައުމަށްޓަކައި ކޮށްދޭ މަސައްކަތަކަށް ވުމުން އެކަން އެ ކުންފުނިން ބަލައި ގަންނަ ކަމަށެވެ.
ސްޓެލްކޯއިން އަބަދުވެސް އަންނަނީ ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ކޮވިޑްގެ ދުވަސްވަރުގައި ޓައިބެޑިކް ސެންޓަރަށް ދިމާވި މާލީ ދަތިކަމުން އަރައި ގަތުމަށް އެ ޖަމިއްޔާއަށް ވެސް އެހީތެރިކަށް ފޯރުކޮށްދީފައިވެއެވެ.