ނައިބު ރައީސް ރ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވަނީ

ނައިބު ރައީސް ފައިސަލް ނަސީމް މީގެކުރިން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް ރ. އަތޮޅުގެ ހަ ރަށަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހުކުރު ދުވަހާއި ހޮނިހިރު ނައިބު ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެއަތޮޅު އިނގުރައިދޫ، ވަންދޫ، ދުވާފަރު، މާކުރަތު، އިންނަމާދޫ އަދި އުނގޫފާރަށެވެ.

އެރަށްތަކުގެ ތެރެއިން ވަންދޫއަކީ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ރަށެކެވެ. އެރަށަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް އެމަނިކުފާނު ބައްލަވައިލައްވާނެއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް އެ ރަށްރަށުގެ މުއައްސަސާތަކާ ބައްދަލުކުރައްވާނެއެވެ. އެގޮތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ނައިބު ރައީސް ބައްލަވާނެއެވެ.

މި ދަތުރުފުޅުގައި ދުވާފަރުގައި ބާއްވާ ޓޫރިޒަމް އެކްސްޕޯގެ އިނާމު ދިނުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައި ގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް