ޖޯން އަބްރަހަމް ކައިވެނިކޮށްފި ހެއްޔެވެ؟

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމް ކައިވެނި ކޮށްފި ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ އަދި ވަރަށް ގިނަ މީހުން ވަރަށް ފަސޭހައިން ޖަވާބު ދޭނެ ސުވާލެކެވެ.

ފިލްމީ ހަބަރުތައް ގެނެސްދިނުމުގައި މަޝްހޫރު ވެބްސައިޓުތަކުން ވެސް ވަނީ ޖޯން އަބްރަހަމް ކައިވެނި ކުރިކަން ނުވަތަ ނޫންކަން ޔަގީންކޮށްދޭން ނޭނގޭކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިއީ ފިލްމީ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުން ވަރަށް ބޮޑަށް ގަޔާވާނެ ހަބަރެއް ކަމަށް އެންމެން ވެސް އެއްބަސްވެއެވެ.

މިދިޔަ މަހުގެ ކޮންމެވެސް ދުވަހެއްގައި ވަރަށް ސިއްރުން ބޭއްވި ރަސްމިއްޔާތެއްގައި ޖޯން އަބްރަހަމް އާއި ޕްރިޔާ މަރްވާގެ ކައިވެނި ކުރެވިފައިވާ ކަމުގެ ހަބަރުތައް މިހާރު ދަނީ ފެތުރެމުންނެވެ. މި ހަބަރު އެންމެ ފުރަތަމައަށް ފެތުރިފައިވަނީ ޕްރިޔާގެ ބޮޑު ދައިތައެއްގެ ފަރާތުންނެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ފަރާތަކުން ހާމަކުރި ގޮތުގައި ޕްރިޔާގެ ބޮޑު ދައިތަ، ކޮންމެވެސް މީހެއްގެ ގާތުގައި، ޖޯން އަބްރަހަމް އޭނާގެ ކޮއްކޮއާ ކައިވެނިކޮށްފި ކަމަށް ބުނި އަޑު، އޭނާ ވަނީ އަހައިފައެވެ.

އެއީ ތެދެއް ކަމަށް ވާ ނަމަ މިހައިތަނުން އުފެދޭ ސުވާލަކީ ޖޯން އަބްރަހަމްގެ ކައިވެނި އެހައި ސިއްރުކުރީ ކީއްވެގެންބާވައެވެ؟ ނޫސްވެރިން ވަނީ މިހައިރު މި ސުވާލު ޖޯންއާ ވެސް ކުރަން ފަށައިފައެވެ. މި ސުވާލަށް ޖޯން ދޭ ޖަވާބަކީ އޭނާ އަދި ކައިވެންޏެއް ނުކުރާ ކަމުގައި ބުނުމެވެ. އެހެން ކަމުން ޕްރިޔާގެ ބޮޑު ދައިތަ ދޮގު ހެދީތޯ ނުވަތަ ޕްރިޔާގެ ބޮޑު ދައިތަ ދެއްކި ވާހަކަ އަޑު އެހި ކަމަށް ބުނާ މީހާއަށް އޮޅުނީތޯ، މިއީ ވެސް ހަމަ ކުރެވިދާނެ ސުވާލުތަކެވެ. ކޮންމެއަކަސް ޕްރިޔާއަކީ ޖޯންގެ ކުރީގެ ލޯބިވެރިޔާ ބިޕާޝާ ބާސޫގެ ފަރާތުން ޖޯންއަށް ލިބުނު ރައްޓެއްސެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު