ކޫއްޑޫ އިމާރާތެއްގެ މަތިން ވެއްޓުނު މީހާ މަރުވެއްޖެ

އިތުރު ފަރުވާއަށް މާލެ ގެނަސް އޭނާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ މަސައްކަތް ކުރަން އުޅެނިކޮށް ވެއްޓި، ހާލު ސީރިއަސްވެގެން ގެނައި މީހާ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެއީ 41 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެ ހާދިސާ ހިނގުމާއެކު އޭނާ އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. ނަމަވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވުމުން އޭނާ އިތުރު ފަރުވާއަށް މާލެ ގެނައީއެވެ.

comment ކޮމެންޓް