ޓްރީޓޮޕުން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދެނީ

ޓްރީޓޮޕުން ހިތުގެ ސްކްރީނިންގެ ޕެކޭޖަކަށް 10ޕަސަންޓްގެ ހާއްސަ ޑިސްކައުންޓެއް ދެނީ --- ފޮޓޯ/ ޓްރީޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލުން ހިތުގެ ދުޅަހެޔޮކަން ބެލުމަށް ހާއްސަ ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ރޭޓެއް ދޭން ނިންމައިފިއެވެ.

ޓްރީޓޮޕުން ބުނީ ހިތުގެ ސްކްރީނިން ހެދުމަށް ނުވަތަ ޗެކަޕް ހެދުމަށް ދެ ޕެކޭޖަކުން ޑިސްކައުންޓް ދޭނެ ކަމަށެވެ. އެ ދެ ޕެކޭޖަކީ:

1. ހެލްތީ ހާޓް ޕެކޭޖް (އުމުރުން 30-60)

ހެލްތީ ހާޓް ޕެކޭޖުގައި ހިމެނެނީ ހިތުގެ ބަލިތައް ދެނެގަތުމަށް ހަދާ ޓެސްޓުތެކެވެ. އެ ޕެކޭޖުގައި ކްލިނިކަލް އެގްޒާމިނޭޝަން ހެދުމާއި މެޑިކަލް ހިސްޓްރީ އާއި އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބްލަޑް ޕްރެޝާ ބެލުން ހިމެނެއެވެ.

ހަމައެއާއެކު ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓްއްކްސްރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަޑިއޮގްރާމް (އީސީޖީ) އަދި ކަޑިއެކް ސްޓްރެސް (ޓީއެމްޓީ) އެ ޕެކޭޖުގައި ހިމެނެއެވެ.

އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނޭނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމާއި ޓެސްޓްތަކުގެ ނަތީޖާއާއެކު ޑޮކްޓަރަށް ދެއްކުމެވެ.

މީގެ އިތުރުން އެ ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން އަދި ހޯމޯސިސްޓީން އެވެ.

2. ސްޓްރޯންގް ހާޓް ޕެކޭޖް (60 އަހަރުން މަތި)

ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަށް ހާއްސަ ހިތުގެ ސްކްރީނިން ޕެކޭޖުގައި ހިމެނޭ ކްލިނިކަލް އެގްޒާމިނޭޝަން ތަކުގައި މެޑިކަލް ހިސްޓަރީ ބެލުމާއި، އިސްކޮޅާއި ބަރުދަން ބެލުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަދި ލޭގެ ޕްރެޝާ ބެލުން ހިމެނެއެވެ.

އެ ޕެކޭޖުގައި ހިމެނޭ ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ޗެސްޓްއެކްސްރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަޑިއޮގްރާމް (އީސީޖީ) އަދި ކަޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެއެވެ.

އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނޭނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމާއި ޓެސްޓްތަކުގެ ނަތީޖާއާއެކު ޑޮކްޓަރަށް ދެއްކުމެވެ.

މީގެ އިތުރުން އެ ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން އަދި ސީއަޕީ (ވާރިއޯ)އެވެ.

އެ ޑިސްކައުންޓުތައް ދޭން ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރީޓޮޕްގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ނަމްބަރު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.

comment ކޮމެންޓް