ޑިއުޓީ ކުރަނިކޮށް ޖަލު އޮފިސަރަކު ނިޔާވެއްޖެ

ނިޔާވި ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު-- ފޮޓޯ: ކަރެކްޝަން

ކ. މާފުށީ ޖަލުގައި ޑިއުޓީ ކުރަން ހުއްޓައި ޒުވާން އޮފިސަރަކު ރޭ ނިޔާވެއްޖެއެވެ.

ނިޔާވީ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދެވެ.

މާފުށީ، ފުންގިރި ނައުޝާދު ނިޔާވި ސަބަބެއް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

ކަރެކްޝަނުން ބުނިގޮތުގައި 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެ ސާވިސްއާ ގުޅުނު ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ނުހަނު އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދީފައެވެ.

"އަށް އަހަރާއި ހަތް މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސްއަށް ލިބުނު ފުން ހިތާމައެއް،" ކަރެކްޝަނުން ބުންޏެވެ.

އޭނާގެ މައްޗަށް ކުރުވޭ ކަށުނަމާދު އޮތީ މިއަދު ހުކުރު ނަމާދަށް ފަހު، މާފުށީ ކަތީބު ހުސައިން މަނިކު މިސްކިތުގައެވެ.

comment ކޮމެންޓް