އެމްއެންޔޫގެ ދަސްވެނިވުން އަންނަ މަހު، 344 ދަރިވަރުން ދަސްވެނިވާނެ

މީގެކުރިން ބޭއްވި އެމްއެންޔޫ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިއަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން، އަންނަ މަހު ބާއްވާ ގޮތަށް އެ ޔުނިވާސިޓީން ނިންމައިފިއެވެ.

އެމްއެންޔޫއިން މި ފަހަރު 344 ދަރިވަރުން ދަސްވެނިވާނެއެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. އެމްއެންޔޫއިން ބުނީ ދަސްވެނިވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12އަދި 13 ވަނަ ދުވަހު ކަމަށެވެ.

އެ ޔުނިވާސިޓީން ބުނީ 12 ވަނަ ދުވަހު ހެނދުނު އޮންނަ ދަސްވެނިވުމުގެ ހަފުލާގައި އެންމެ ފުރަތަމަ ސެޓްފިކެޓް ހާސިލް ކުރާނީ ފެކަލްޓީ އޮފް އާޓްސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުން ކަމަށެވެ.

އެ ދުވަހުގެ ރޭ ސެޓްފިކެޓް ހާސިލް ކުރާނީ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީ އާއި ފެކަލްޓީ އޮފް ނާސިން އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނެވެ.

އެއަށް ފަހު 13 ވަނަ ދުވަހު ސެޓްފިކެޓް ހާސިލް ކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ދަރިވަރުންނެވެ.

comment ކޮމެންޓް