ޑާކް ރެއިނުން އުފައްދާ ފިލްމެއްގައި އަލީ ރަމީޒުގެ ލަވައެއް ބޭނުން ކުރެވުނީތީ މާފަށް އެދިއްޖެ

އަލީ ރަމީޒް ބިން ޤާސިމް --

ޑާކް ރެއިން އެންޓަޓެއިންމެންޓުން ހަދާ ފިލްމެއްގައި، އަލީ ރަމީޒު އުފައްދާފައިވާ އަމިއްލަ ލަވައެއް، އޭނާގެ ހުއްދަ ނެތި ބޭނުން ކުރި މައްސަލައިގައި އެ ސްޓޫޑިއޯއިން މިއަދު މާފަށް އެދިއްޖެއެވެ.

ޑާކް ރެއިނުން ވަނީ ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާ، ލައްވާ، އަލީ ރަމީޒުގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ "ލޮލަކަށް ނިންޖެއް ނާދޭ" ކިޔުއްވުމަށް ފަހު ވީޑިއޯ ލަވައެއް ނެރެފައެވެ. އަދި އެ ސްޓޫޑިއޯއިން އުފައްދަމުން އަންނަ ފިލްމެއްގައި ވެސް އެ ލަވަ ބޭނުން ކުރަން ވަނީ ނިންމާފައެވެ.

ހުއްދަ ނެތި އަލީ ރަމީޒުގެ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ބޭނުން ކުރެވުނީތީ އޭނާގެ ކިބައިން މާފަށް އެދި، ޑާކް ރެއިނުން ބުނެފައިވަނީ އެ ލަވަ ކުރިއަށްއޮތް ތަނުގައި އެމީހުންގެ އެއްވެސް އުފެއްދުމެއްގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އަލީއަށް ދޭ ކަމަށެވެ.

އަލީ ރަމީޒު މިއަދު ބުނީ ރާއްޖޭގެ ފިލްމުތައް ހަދާ ކުންފުންޏަކުން އޭނާގެ އަމިއްލަ އުފެއްދުމެއް އޭނާގެ އިޒުނައަކާ ނުލައި އެހެން މީހަަކަށް ދީގެން ކިޔުއްވާފައިވާ ކަަމަށެވެ. އަދި ބުނެފައިވަނީ އޭނާގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކާ މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަލީ ވަނީ ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަ ކުރުން ހުއްޓާލައި މާތްﷲއަށް ބިރުވެރިތިވުމަށް އެންމެނަށް ނަސޭހަތްތެރިވެފައެވެ.

ލަވަކިޔުމުގެ ދާއިރާގައި ރާއްޖޭގެ މެދުއުޑުގައި ފިޔަ ޖަހަމުން އައި އަލީ ރަމީޒް، މިއުޒިކާ ދުރަށް ދިޔުމަށްފަހު، މިހާރު އާއްމުކޮށް ކުރާ މަސައްކަތަކީ އިސްލާމް ދީނުގެ ޝިއާރު ފާޅު ކުރުމާއި ދީނަށް މީހުން ހޭލުންތެރި ކުރުވެމެވެ. އޭގެ އިތުރުން މަގުބޫލު އެތައް މަދަހަ ތަކެއް ވެސް އޭނާ ކިޔާފައިވެއެވެ.

comment ކޮމެންޓް

comment އަލީ

3 year 6 month ago

މިހާރު އަލީ ކުރާ ކަންތަށް ތަކުގެ ތެރޭ ފިތުނަ އުފެއްދުންވެސް ހިމެނޭ

comment ާއަލިބެ

3 year 6 month ago

ޢެއީ އޭނަގެ އުފެއްދުމެއް ނޫން. ޢެހެންމީހަކު ހެދީމަ ގަނެގެން އަމިއްލައޭ ކިއީ.

comment ރާފިޔަތު ރުޤިއްޔާ

3 year 6 month ago

ޢަލީމެން ދީނުގެ ނަމުގަ ހަށި ވިއްކީ އެކިއެކި ސިޔާސީ ބޭނުމުގަ. ޙައްޤުބަސް އޮންނަނީ އެންމެ ބޮޑުއަގެއް ދީގެން. ފެންނަނީ 1 ލޮލަށް 1 ކަންފަތަށް. ކުރާހާވެސް ކަމަކީ ދީނޭ ކިޔައިގެން ބިންމަތި ފަސާދަކުރުން

comment ޢަލީ

3 year 6 month ago

ޢަޅުގަނޑު ހީކުރީ އައްޔަ ތިހުންނެވީ އިސްލާމީ ރިވެތި އުސޫލްތަކުގައި ވަރަށް ސާބިތުކަންމަތީގަކަމަށް. ޢެކަމަކު މިފަދަކަމަކާއި ހެދި ތިޔަދެޢްކެވި ވާހަކައިން އައްޔަގެ ހިތުގައި ލަވަޔަކިޔުމަށް އަދިވެސް ލޯބިއޮތްކަން ހާމަވެ. މިކަމާހެދި އައްޔައަށް ކުރަމުން އައިޤަދަރު ކުޑަވެއްޖެ، ތިޔަފަދަ މުންކަރާތްތަކުން ދުރުވެ ހެޔޮމަގަށް އައުމަށް އައްޔައަށް ނަސޭހަތްތެރިވަން. ޢަދި އަސްތަޤްފާރުވާން ގޮވާލަން. -އައްޔަގެ ވަރަށްގާތް ޢަހެއް-

comment ހަސަނު

3 year 6 month ago

އަސްލު އެންމެ ފޫހިވަނީ ރީތިކޮންކިޔާފަހުރިލަވަތެއް ހަލާކުކޮއް ލަވަކިޔަން ނޭގޭމީހުންކިޔާތި

comment މުޙައްމަދު

3 year 6 month ago

ވީ ލަވްޔޫ އައްޔަ. ތިކުރާ ބުރަ މަސައްކަތުގައި ބަރަކާތް ލައްވާށި...