އެއްބަސްވުމާ ޚިލާފުވެ، މަކަރުހެދި 11 ކުންފުންޏެއް ސަސްޕެންޑުކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރުގެ އެކި މަސައްކަތްތަކާ ހަވާލުވުމަށް ފަހު އެއްބަސްވުމާ ޚިލާފުވި، ނުވަތަ މަކަރުހެދި 11 ކުންފުންޏެއް ސަސްޕެންޑުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ލިސްޓުން މި 11 ކުންފުނި ހިމެނޭ 13 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރެއިން އަށް މައްސަލައަކާ ގުޅިގެން އެއް އަހަރަށް ބައެއް ކުންފުނިތައް ސަސްޕެންޑުކޮށްފައިވާއިރު، ދެ މައްސަލައަކާ ގުޅިގެން ހަ މަސްދުވަހުގެ ސަސްޕެންޝަނެއް ވަނީ އައިސްފައެވެ. މީގެ އިތުރުން، ދެ އަހަރާއި، ތިން މަހުގެ ސަސްޕެންޝަންތައް ވެސް އައިސްފައިވެއެވެ.

މިގޮތުން ސަސްޕެންޑުކޮށްފައިވާ ކުންފުނިތަކަކީ:

  • ގުޑް ވޯކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ފިޝަރީޒް މިނިސްޓްރީގެ ބައެއް މުއައްސަސާތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރުން
  • މާރިސް ޕްރައިވެޓް ލިމިޓެޑް: ނ. އަތޮޅު ސްކޫލުގެ މަލްޓިޕާޕަސް ހޯލް ދެބުރިއަށް އިމާރާތްކުރުމުގެ މަސައްކަތްކުރުމުގައި، ޕަބްލިކް ފައިނޭންސް ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވުން
  • ވިންކް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ރައީސް އޮފީހަށް ވޭނެއް ސަޕްލައި ކުރުމުގައި މަކަރުހެދުން
  • ޓޮމީ އިންޖިނޭރިން ޕްރައިވެޓް ލިމިޓެޑް: ރައީސް އޮފީހަށް ވޭނެއް ސަޕްލައި ކުރުމުގައި މަކަރުހެދުން
  • ޓީ އެންޑް ބީ އިންޖިނޭރިން ޕްރައިވެޓް ލިމިޓެޑް: ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ދެބުރިއަށް އިމާރާތްކުރުމުގެ މަސައްކަތް ނުނިންމުން
  • ވޯޓާ ޕާކް މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑް: ރ. އުނގޫފާރު ސްކޫލުގެ މަލްޓިޕާޕަސް ހޯލު ދެބުރިއަށް އިމާރާތްކުރުމުގެ މަސައްކަތް ނުނިންމުން
  • އެސްބްރޯ ޕްރައިވެޓް ލިމިޓެޑް: ވ. ރަކީދޫ ސްކޫލުގެ މަސައްކަތުގެ ބިޑިން މަރުހަލާގައި އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅުން
  • ލ. ގަމު، މުކުރިމަގު ސްކޫލުގެ އޮފީސް އިމާރާތް ކުރުމުގެ ބިޑިން މަރުހަލާގައި އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅުން
  • ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ހުޅުމާލޭ ހޮސްޕިޓަލް ސާފުކުރުރުމުގެ މަސައްކަތުގެ ބިޑިން މަރުހަލާގައި އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅުން
  • އެސްޓޮނިޝް ކްލީނިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް: ހުޅުމާލޭ ހޮސްޕިޓަލް ސާފުކުރުރުމުގެ މަސައްކަތުގެ ބިޑިން މަރުހަލާގައި އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅުން
  • މޫވް އެކްސް: ށ. މިލަންދޫ ކައުންސިލަށް ޕިކަޕެއް ފޯރުކޮށްދިނުމުގެ މަސައްކަތް ނުނިންމުން
  • އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ށ. ފޯކައިދޫ އިޖުތިމާއީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ނުނިންމުން

މި ކުންފުނިތައް ސަސްޕެންޑުކޮށްފައިވާ މުއްދަތުގައި ސަރުކާރުގެ އެއްވެސް މަޝްރޫއެއް އެ ކުންފުނިތަކާ ހަވާލެއް ނުކުރެވޭނެއެވެ. މީގެ އިތުރުން، އެއްވެސް މަޝްރޫއެއްގެ ބީލަމުގައި ވެސް ބައިވެރިއެއް ނުވެވޭނެއެވެ.

comment ކޮމެންޓް