އުނގޫފާރު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި، ދެން ރައްޔިތުންގެ އިންޖީނުގެއެއް ނުހުންނާނެ

އުނގޫފާރު ރައްޔިތުން ހިންގަމުން އައި އިންޖީނުގެ ފެނަކައާ ހަވާލު ކުރުން -- ފޮޓޯ/ ފެނަކަ

ރ. އުނގޫފާރު ރައްޔިތުން ހިންގަމުން އައި އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި ރަށުގެ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލު މިކުރީ 24 އަހަރު ވަންދެން ރައްޔިތުން ހިންގުމަށްފަހުގައެވެ.

މިއީ ރައްޔިތުން އަމިއްލައަށް ހިންގަމުން އައި އެންމެ ފަހު އިންޖީނުގެއެވެ.

އިންޖީނުގެ ހަވާލުކުރުމަށް ވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

ފެނަކައިން ބުނީ އުނގޫފާރު އިންޖީނުގެ ހަވާލު ކުރަން ނިންމި ނިންމުމަކީ ރަށްރަށުގައި އެ ކުންފުނިން ދެމުން ގެންދާ ޒަމާނީ އަދި ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު އެ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަ ގެންދާ ކަމަށް ފެނަކައިން ބުންޏެވެ.

comment ކޮމެންޓް