ރާއްޖެއަށް މި ދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ، ރާއްޖޭގެ ދެކުނަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ މެންދަމުން އަލިވެ. 03:00 އާ ހަމައަށެވެ.
މި ވަގުތު ތަކުގައި އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައިގައި އިއްޔެ 18:00 އިން ފަށިގެން ރޭގެ 00:00އާ ހަމައަށް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.