ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަނީ

މާލޭ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއާ ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އިން އަދި ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއާ ގުޅިގެން މާދަމާ ފެށުމަށް ހަމަޖައްސާފައިވާ އެ ޕްރޮގްރާމް ހިންގާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 8:00 އަށެވެ. އަދި ހަވީރު 4:00 އިން 6:00 އަށެވެ.

އެ ޕްރޮގްރާމްގައި ފަތަން ދަސްކޮށްދޭނީ އެމްއެންޑީއެފްގެ ސްވިމިން އިންސްޓްރަކްޓަރުން ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވާނީ މާލޭ ސްކޫލުތަކުގެ ގުރޭޑް ފަހަކުން މަތީގެ ދަރިވަރުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސުވިމިން އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮގްރާމް ވަރަށް އަވަހަށް އަތޮޅުތަކުގައި ފެށުމަށް ހަމަޖެހިފައިވާ ހަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު