ގޭސްފުޅިއެއް ގޮވައިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އަންހެނަކު މަރުވެއްޖެ

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ހިނގި ހާދިސާގައި އަނިޔާ ލިބުނު މީހާ އަށް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގޭސްފުޅިއެއް ގޮވައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ގދ. ރަތަފަންދޫ އުމުރުން 53 އަހަރުގެ އައިމިނަތު އަބްދުލްހަމީދެވެ.

ރަތަފަންދޫ ކައުންސިލުގެ ރައީސް މުހައްމަދު އަބްދުﷲ މިއަދު "ސަން"އަށް ވިދާޅުވީ އައިމިނަތު މަރުވީ ރޭ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ތެރޭގައި ގައިގާ ހުޅު ހިފައިގެން މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ހާދިސާގައި ގައިގަ 50 ޕަސަންޓަށްވުރެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ހާދިސާ ހިނގައިގެން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އެ ރަށު ސިއްހީމަރުކަޒުގައި ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ކައުންސިލުގެ ރައީސް މުހައްމަދު ވިދާޅުވިއެވެ.

comment ކޮމެންޓް