ކުރީގެ ލަވަކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ

ހުޒާމް

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް ނިޔާވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން އޭނާ ނިސްބަތްވާ ދ. ހުޅުދެލި ކައުންސިލުން އިބްރާހީމް ޝިނާޒް ވިދާޅުވީ ހުޒާމް ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު އިންޑިއާގައި ބައްޔަކަށް ފަރުވާހޯދަމުން ދަނިކޮށްކަމަށެވެ.

ހުޒާމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ، އާންމުންގެ ލޯބި ހޯދި ފަންނާނެކެވެ.

ފަހުން ރަސްމީކޮށް ލަވަކިޔުމާ ދުރަށްދިޔަކަމުގައި ވިޔަސް ހުޒާމްވަނީ ބޭނުމޭ އިޝްގާ، ކަލާގެ އަސަރުގަ އަދި ދުނިޔެ ފަދަ އެތައް ލަވަތަކެއް ކިޔާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު