ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ޔުގެންޑާ ބަލިކޮށް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުގެންޑާ އަންހެން ޓީޓީ ޓީމާ ދެކޮޅަށް ކުޅެ ރާއްޖެ ސެމީ ފައިނަލަށް ގޮސްފައިވަނީ ޔިގެންޑާގެ ކުޅުންތެރިއަކު މަދުވުމުގެ ސަބަބުން އެ ޓީމަށް ޓީމް އިވެންޓުގެ ސިންގަލްސް މެޗެއް ދޫކޮށްލަން ޖެހޭތީއެވެ.
ޓީމްއިވެންޓުގެ ސިންގަލްސް މެޗުގައި ކުޅެފައިވަނީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއެވެ. އޭނާ ވަނީ ތިން ސެޓުން ޔުގެންޑާ ކުޅުންތެރިޔާ ބަލިކޮށްފަައެވެ. އެ މެޗު ދީމާ ކާމިޔާބުކުރީ 11-02، 11-04 އަދި 11-02އިންނެވެ.

މިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު--- ފޮޓޯ/ އެމްއޯސީ
ޓީމް އިވެންޓްސްގެ ޑަބަލްސް މެޗުގައި ޔުގެންޑާއާ ދެކޮޅަށް ކުޅެ ރާއްޖެ ޓީމު މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 11-05، 11-06 އަދި 11-04 ގެ ނަތީޖާއަކުންނެވެ.
އެ މެޗުން ރާއްޖެ މޮޅުވިއިރު ރޭގަ ރާއްޖެ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ޖިބޫޓީއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ މޮޅުވެފައެވެ. އެހެންކަމުން ރާއްޖެ ސެމީއަށް ގޮސްފައިވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.