ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަންތާ އާއި ފްލައިމީއަށް އަންގައިފި

ފްލައިމީގެ މަތިންދާ ބޯޓެއް ---

ފްލައިޓުގައި ބަލި މީހުން އުފުލޭނެ އިންތިޒާމް ހަމަޖެއްސުމަށް މަންތާ އެއާ އާއި ފްލައިމީއަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން އެ ދެ އެއާލައިނަށް އެންގީ ކުރިއަށް އޮތް ތިން މަސްތެރޭގައި ޕްލައިޓުން ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ނުވަދިހަ ދުވަސް ތެރޭގައި ފްލައިމީ އާއި މަންތާ އެއާއިން ބަލި މީހުން އުފުލޭނެ އިންތިޒާމު ހަމަޖެއްސައިދޭން، މެމޯއަކުން މިހާރު އަންގަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަ އަޅަން އޮންނަ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ހާޓްއެޓޭކެއް ޖެހިގެން ޒުވާނަކު އިތުރު ފަރުވާއަށް މަންތާ އެއާގެ ފްލައިޓުން ގެނެސްނުދިން ކަމަށް ބުނެ ދ. ކުޑަހުވަދޫ ރައްޔިތުން މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކޮށްފައެވެ.

ކުޑަހުވަދޫގައި ކުރި ސުލްހަވެރި އިހުތިޖާޖާ ގުޅިގެން މަންތާ އެއާގެ އިސްވެރިން ވަނީ އެރަށު ކައުންސިލާއި ރައްޔިތުންނާ ރޭގެ ވަގުތެއްގައި ބައްދަލު ކޮށްފައެވެ.

ކުޑަހުވަދޫ ރައްޔިތަކު 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެމަޖެންސީ ހާލަތުގައި ގެންދަން ޖެހޭ ބަލި މީހުން އިރުއޮއްސި ހައެއްގެ ކުރިން ނަމަ ސީޕްލޭންގައި ގެންދިއުމަށް މަންތާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހައެއްގެ ފަހުން ނަމަ މޯލްޑިވިއަން އާ ގުޅިގެން ބަލިމީހާ ގެންދިއުމަށް މަންތާއިން އެއްބަސްވި ކަމަށް ވެސް އޭނާ ބުންޏެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި ހިނގި ހަމަނުޖެހުން ތަކުގެ ސަބަބުން ދެވުނީ ނުބައި މެސެޖެއް ކަމަށް މަންތާ އެއާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް