ބައިޑަން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޓް ކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ / އޭޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

އިއްޔެ ބައިޑަން އަނެއްކާވެސް ކޮވިޑަށް ޕޮސިޓިވްވެފައި ވާކަން ހާމަކޮށްފައިވާއިރު، އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ނިންމެވިތާ އަދިވީ ކުޑަ ދުވަސް ކޮޅެކެވެ.

ވައިޓް ހައުސްގެ ފިޒީޝަން ޑރ ކެވިން އޮކޯނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޕޮޒިޓިވްވި ނަމަވެސް ބައިޑަންގެ ގައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އެމަނިކުފާނު ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ފައިޒާ ވެކްސިންގެ ދެ ޑޯޒް ހަމަކުރައްވާފައިވެއެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ގައިޑްލައިންތަކާ އެއްގޮތަށް، ބައިޑަން އައިސޮލޭޝަން ގަައި ހުންނަވާނީ ފަސް ދުވަސްވަންދެން ވައިޓް ހައުސްގައެވެ.

comment ކޮމެންޓް