ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްއަށް މަރުގެ އިންޒާރު ދީފި

ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް -- ފޮޓޯ / އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްއަށް ގޮތް ނޭންގޭ މީހަކު މަރުގެ އިންޒާރު ދީފިއެވެ.

އެ ދެ ތަރިންނަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގައެވެ. މުންބާއީގެ ފުލުހުން މި މައްސަލަ ތަހުގީގުު ކުރަން ފަށައިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަަލާގައި ތުހުމަތު ކުރެވޭ މީހާ ސޯޝަލް މީޑިއާގައި ކެޓްރީނާ އާއި ވިކީއަށް އިންޒާރު ދީފައިވަނީ ބީ-ޓައުންގައި ހުރެ ކަމަށް ބެލެވެއެވެ.

މި މައްސަލައާ ބެހޭ ގޮތުން ދެ އެކްޓަރުން ވެސް އަދި އެއްޗެއް ބުނެފައިނުވާއިރު މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

ކެޓްރީނާ އާއި ވިކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ ހަފުތާގައެވެ.

ކެޓްރީނާ ކައިފް ދެން އެންމެ އަވަހަށް ފެނިގެންދާނީ އިޝާން ޚައްތަރު އަދި ސިދާންތު ޗަތުރްވެދީ އާއެކު ފިލްމު "ފޯން ބޫތު" އިންނެވެ. އަދި ވިޖޭ ސެތުޕަތީ އާއި ރާދިކާ ސަރަތުކުމާރު ލީޑްރޯލުން ފެނިގެންދާ "މެރީ ކްރިސްމަސް" އިން ވެސް މި އެކްޓަރު ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު