އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން -- ފޮޓޯ / އޭޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމެރިކާގެ ރައީސް އޮފީސް ވައިޓް ހައުސްއިން ބުނީ ބުދަ ދުވަހުގެ ހަވީރުން ފެށިގެން ބައިޑެންގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

ނަމަވެސް އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ބަލީގެ އަލާމާތްތަށް އެހާ ބޮޑަށް ނުފެންނަކަން ވައިޓް ހައުސްއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ބައިޑެންގެ ހާލުކޮޅު އެހާ ސީރިއަސް ނުވުމުން ރައީސް ކަމުގެ މައްސޫލިއްޔަތުތައް އަދާ ކުރައްވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ އެކަހެރިވެވަޑައިގެން ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

އިއްޔެ މެންދުރު ފަހު ވައިޓް ހައުސްގައި ބޭއްވި ބްރީފިންއެއްގައި ވައިޓް ހައުސްގެ ކޮވިޑް ކޯޑިނޭޓަރު ވިދާޅުވީ ބައިޑެން ހުންނެވީ ވެކްސިންގެ ދެ ބޫސްޓާ ޑޯސް ފުރިހަމަ ކުރައްވައިގެން ކަމަށެވެ. އެހެންކަމުން ބަލީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ވަރަށް ވެސް ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.

އިއްޔެ ރައީސްގެ އަނބިކަނބަލުން ޖިލް ބައިޑެން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަނާ ކޮވިޑަށް ނެގެޓިވްވެފައިވާކަން ހާމަކުރައްވާފައެވެ.

މި އަހަރުގެ އޭޕްރިލް މަހު ނައިބު ރައީސް ކަމަލާ ހެރިސްވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

comment ކޮމެންޓް