އެލްސިއޯންގެ ވެރިޔާ ދުނބުރި ހަސަން މަނިކު އަވަހާރަވެއްޖެ

އެލްސިއޯން ބޭކަރީގެ ވެރިޔާ ހަސަން މަނިކު--

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭކަރީގެ ހިދުމަތް ދޭން ފެއްޓެވި، މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަނިކު (ދުނބުރި ހަސަން މަނިކު) މިރޭ އަވަހާރަވެއްޖެއެވެ.

އުމުރުން 80 އަހަރުގައި ހަސަން މަނިކު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މާދަމާ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭކަރީގެ ހިދުމަތް ދޭން ފެއްޓެވުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ހަސަން މަނިކަށް ހިތްވަރު ދިނުމުގެ އިނާމު ވެސް ދެއްވާފައެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން ހަސަން މަނިކަކީ ވަރަށް ބޮޑު އިޖުތިމާއީ ހިދުމަތްތެރިއެއްވެސް މެއެވެ. މާފަންނު ދުނބުރި މިސްކިތް ބިނާ ކޮށްދެއްވީ ވެސް އޭނާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު