"އައްޑޫ ޢީދި ސަމާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ޢީދި ސަމާ"ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު -- ފޮޓޯ/ ދިރާގު

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ އައްޑޫ "ޢީދި ސަމާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެ "ޢީދި ސަމާ"ގައި ޢީދު ސައި، މަސް ރޭސް އަދި ބަށި ކުޅުން ފަދަ ޢީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

އެ ހަރަކާތްތަކުގެ ތެރެއިން އައްޑު އަތޮޅު މަރަދޫ އަދި ހިތަދޫގައި އޮންނަ ޢީދު އާއިލީ ހަވީރާއި ފަޔާވޯކްސް އެންޑް ޢީދު މިއުޒިކް ޝޯއަށް ދިރާގު އެއްބާރުލުންދޭނެއެވެ.

އަޟްހާ ޢީދު ފާހަގަ ކުރުމަށް އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ޢީދު ފެސްޓިވަލް"ގެ ޑިޖިޓަލް ޕާޓްނަރަކަށް ވެސް ހަމަޖައްސާފައި ވަނީ ދިރާގެވެ. އެއީ މީދޫގެ ޒުވާނުން އިސްނަގައިގެން އިންތިޒާމް ކުރާ ހަރަކާތެކެވެ.

comment ކޮމެންޓް