މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ: މެޓް

ލޯންޗެއް ދުއްވާ މަންޒަރު --- ސަން ފޮޓޯ

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށް, މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓުން ވަނީ މިއަދު، ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓްގައި ވާގޮތުން، މިއަދު ހަވީރު 17:30އާ ހަމައަށް އެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް މެޓު އޮފީހުން މިއަދު "ސަން"އަށް ބުނީ މިއަދު ހަވީރާ ހަމައަށް ވައިޓް އެލާޓް ނެރެފަ އޮތް ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއަދު ހަވީރާ ހަމައަށް ވައިޓް އެލާޓް ނެރެފަ އޮތަސް މާދަމާއިން ފެށިގެން އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ހުރިހާ ހިސާބަކަށްވެސް،" މެޓުން ބުންޏެވެ.

މީގެ އިތުރުން، އިތުރުގެ ބައެއް ހިސާބުތަކަށް ކުޑަކޮށް ކެރީގެ އަސަރުފޯރި ނަމަވެސް އާންމުގޮތެއްގައި އުތުރުގެ އަތޮޅުތަކަށްވެސް މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން މައުލޫމާތުދެއެވެ.

comment ކޮމެންޓް