ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދުކުރަން: ޖޭޕީ

އަންނަ މަހު 14 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަހުމަދު ޝަރީފަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އެޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަހުމަދު ޝަރީފަށް އެ ޕާޓީގެ ފުރިމަހަ ތާއީދު އެބައޮތް ކަމަށާއި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޝަރީފު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރާނެ ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީން އެދެނީ ތިމަރަފުށީގައި ތިބި އެ ޕާޓީ އަށް ތާއީދުކުރާ ހުރިހާ މެމްބަރުންނާއި އެ ޕާޓީ އަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ވެސް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރާ އަހުމަދު ޝަރީފަށް ވޯޓު ދިނުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމް ކެންޑިޑޭޓް، އަހުމަދު ޝަރީފަށް ޖުމްހޫރީ ޕާޓީން ފުރިހަމަ ތާއީދު އޮތްކަން ހާމަކުރި އިރު ހަމަ އެދުވަހު ބާއްވަން ހަމަޖައްސާފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ޖާބިރަށް ތާއީދު ކުރާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު