ވިލާ ގޭހުގެ ދަގަނޑު ގޭސްފުޅި ލުއި ފުޅިއަށް ބަދަލުކުރެވޭ އަގުހެޔޮ ޕްރޮމޯޝަނެއް!

ވިލާ ގޭހުން "ފާސްޓޭދޯ" ދަނގަނޑު ގޭސްފުޅި ވަރަށް ހެޔޮ އަގުގައި ލުއި ފުޅިއަށް ބަދަލުކުރެވޭ ޕްރޮމޯޝަަނަލް ކެމްޕެއިނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަލް ކެމްޕެއިންގައި ބައިވެރިވުމަށް ޓަކައި ދަގަނޑު ގޭސްފުޅި ގެންގުޅޭ ފަރާތްތަކުން ވިލާ ގޭހަށް ގުޅާލުމުން، އެ ފުޅިތައް ލުއި ފުޅިއަށް ބަދަލުކޮށްދޭ އަގަކީ 499 ރުފިޔާ ކަމަށް ވިލާއިން ބުންޏެވެ.

ވިލާއިން ވަނީ އެގޮތުގެ މަތީން ވިލާ ގޭސް ފުޅިއެއް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކުން 3336633އަށް ގުޅައިގެން ކުރިއަށް ދިޔުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ގޮތުގައި ވިލާއިން ކަނޑައަޅާފައިވަނީ މިއަދުން ފަށައިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ޚިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު މި ބްރޭންޑްގެ އެންމެ ބޮޑު މަޤުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުން ކަމަށް ވިލާއިން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީއާއި ޑެޑިކޭޓެޑް ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗާއަކާއެކު، ވިލާ ގޭސް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ.

ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.

comment ކޮމެންޓް