އެސްޓީއޯ ބްލޯއައުޓް ޕްރޮމޯޝަނުގެ ނަސީބުވެރިން އިއުލާން ކޮށްފި

އެސްޓީއޯ އިން ކުރިއަށް ގެންދިޔަ "އެސްޓީއޯ ބްލޯ އެސްޓިއޯ ބްލޯއައުޓް އިޔާ އެންޑް ސުޕާ ސޭލް" ޕްރޮމޯޝަން ލަކީ ޑްރޯ އިން ހޮވުނު ތިން ނަސީބުވެރިން އިއުލާން ކޮށްފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު 1 އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ލަކީ ޑޯރޯ އިން ހޮވުނު ތިން ފަރާތަށް އަގުހުރި އިނާމްތަކެއް ވަނީ ދީފަ އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ލަކީ ޑްރޯއިން ހޮވުނު ތިން ފަރާތަކީ ޏ. ފުވައްމުލަކު، ކުރި، ޝީލާ މުފީދު އާއި ހދ. ކުމުންދޫ ، ނަންރީތިގެ ޖައިލަމް ޝާލް އަދި ފަޒީލް މުހައްމަދެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު އެ ތިން ފަރާތަށް އިނާމްގެ ގޮތުގައި ހިޓާޗީ "32ގެ އެލްއީޑީ ޓީވީ އާއި ފިލިޕްސް ހޯމްތިއޭޓަރު ސިސްޓަމާއި އަދި ހިޓާޗީ ރެފްރިޖެރޭޓަރާއި ހިޓާޗީ އޮޓޯ ވޮޝިން މެޝިން ދީފައި ކަމަށް އެސްޓިއޯ އިން ބުނެ އެވެ.

މީގެ އިތުރުން ވެސް 2000 ރުފިޔާގެ ނިޕޯން ޕެއިންޓް ގިފްޓް ވައުޗަރާއި ފިލިޕްސް ސްޓީމަރާއި ފިލިޕް ޖަގް ކެޓްލް އިތުރުން 1500 ރުފިޔާގެ ސުޕްމާޓް ގިފްޓް ވައުޗަރު ވެސް އެ ތިން ފަރާތަށް ދީފައިވާ ކަމަށް އެސްޓި އިން ބުންޏެވެ.

އިޔާ އެންޑް ސޭލް އަކީ އެސްޓިއޯ އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު